އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާނުން!: ކޮރޯނާ ތިބާއަށް މާލީ ގޮތުންވެސް އެހެންވެސް ގޮތަކުން އެއްވެސް ގެއްލުމެއް ނުދެވޭނެ މަގު މިއޮތީއެވެ!

ޤުރްއާނުން!: ކޮރޯނާ ތިބާއަށް މާލީ ގޮތުންވެސް އެހެންވެސް ގޮތަކުން އެއްވެސް ގެއްލުމެއް ނުދެވޭނެ މަގު މިއޮތީއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

މިހާރަކަށް އައިސް ކޮންމެ މީހަކާއި ބައްދަލުވި ނަމަވެސް، ފޯނުން ގުޅުނު ނަމަވެސް ދައްކަނީ ކޮރޯނާގެ ވާހަކައެވެ. އެކަމުން ސަލާމަތްވާނެ ގޮތުގެ ވާހަކައެވެ. އެކަމަށް އެދި ކުރަންވީ ދުޢާގެ ވާހަކައެވެ. އެއީ ހަމަ ރަނގަޅު ސުވާލުތަކެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ދުޢާކުރުން ގިނަކުރަންވާނެއެވެ. ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

ހިތާމައަކީ އަދިވެސް ބައެއް މީހުންގެ އަމަލުތައް ހުރި ގޮތެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކަށް ޢަމަލު ނުކުރެވޭ ކަމެވެ. އިތުބާރުވެސް ނުކުރެވޭ ކަމެވެ. އިތުބާރުކުރާކަން އަމަލުތަކުން ނުދެއްކޭ ކަމެވެ. އެފަދަ މީހުން ހަމަ އެކަނި މި 3 އާޔަތަށް ވިސްނައިލާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ! 

"...އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." (އަޠަލާޤް: 2) 

"އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލްކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އަޠަލާޤް: 3) 

"....އަދި ﷲ އަށް ތަޤްވާ ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ." (އައްޠަލާޤް: 5)

މީސްތަކުންނޭވެ! މި ހިތްދަތި ހާލުގައިވެސް ކީރިތި ޤުރްއާނުން ޙައްލު ހޯދަން ގަދައަލައި މަސައްކަތްކުރާށެވެ! 

ކޮރޯނާއިން ސަލާމަތްވެވިދާނެ ކަމަށާއި ނަމަވެސް ފާހިޝް ޢަމަލުތައް ކުރާ މީހަކަށް ކައްވަޅުން ފެށިގެން އަލިފާނުން ޢަޛާބް ލިބެމުންދާނެކަން ބަޔާންކޮށްދީ ދާދިފަހުން ދަރުސެއް ދިނީމެވެ. އެ ދަރުސް ދީފައިވާނީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ހަދީޘްފުޅުތަކުގެ އަލީގައެވެ. 

އެ ދަރުސާއި ގުޅިގެން މީހަކު ބުނެފައިވެއެވެ. 

"މީހަކު ފާމަސީތަކަށް ހިނގައި ސެނިޓައިޒަރާއި މާސްކް ގަނެގެން ކާރުގައި ދިއައީ މަގުމަތީގައި ހުރި ކަސްބީ އަނހެނަކު ކާރަށް އަރުވައިގެން ކަމަށެވެ. ނިކަން ބުނެބަލާށެވެ! ކޮރޯނާ ދެކެ ބިރުން ސެނިޓައިޒަރާއި މާސްކް ގަނެގެން ދިއައިރު ﷲ ތަޢާލާއަށް އެއްވެސް ބިރެއް ނެތުމުން މިދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟" 

މި ދެއްކެނީ އެ ދަރުސްގައި ބަޔާންކުރި މައްސަލައިގެ ވާހަކައެވެ. ބިރުގަންނަވީ ކޮރޯނާއަށް ނޫން ކަމަށާއި ބިރުވެތިވާންވީ ﷲ ތަޢާލާއަށް ކަމަށް މިބުނާ ބަހުގެ ވާހަކައެވެ. މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! ﷲ ތައާލާއަށް ބިރުވެތިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! މި 3 އާޔަތުގައި ހިފަހައްޓާށެވެ! ތިބާއަށް އެއްވެސް ގެއްލުމެއް ދެވޭނެ އެއްވެސް ވައިރަސްއެއްވެސް އަދި އެހެންވެސް ކަމެއް ނުވާކަން މި 3 އާޔަތުން ކިހައި ފުރިހަމައަކަށް އެނގެން އެބަ އޮތް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް