އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ އެކްޓަރުންގެ މަރު، ބޮލީވުޑް ޝޮކެއްގަ!

ދެ އެކްޓަރުންގެ މަރު، ބޮލީވުޑް ޝޮކެއްގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މިއަހަރަކީ ފެށުނީއްސުރެ މުޅި ދުނިޔެއަށް ވެސް ވަރަށް ހިތާމަވެރި އަހަރެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

ކޯވިޑް-19 ގެ ބިރުވެރިކަން ވަށާލާފައިވާއިރު، އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް ވެސް މިވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

ބޮލީވުޑްގެ ދެ އެކްޓަރެއްގެ ކުއްލި މަރުގެ ޚަބަރާއެކު ބޮލީވުޑްގެ އެހެން ތަރިންނާއި އާންމުންވެސް ދަނިީ ހިތާމަކުރަމުންނެވެ. 

އެގޮތުން އިއްޔެ، ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރެއް ކަމުގައިވާ އިރްފާން ޚާން ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. 

އިރްފާން ޚާން އަކީ ބޮލީވުޑްގެ އިތުރުން އިނގިރޭސިވިލާގެ ފިލްމް އިންޑަސްޓްރީ އާއި ހޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް ހަރަކާތްތެރި ވެފައިވާ ތަރިއެކެވެ. އަދި ގިނަ އެވޯޑުތަކެއް ވެސް އޭނާއަށް ލިބިފައިވެއެވެ.

މުސްލިމު އަައިލާއަކަށް އުފަން އިރްފާން މަރުވީ ކޮލޮން ކެންސަރަށް ފަރުވާ ދެމުން ދަނިކޮށް އުމުރުން 53 އަހަރުގައެވެ. މަރުވިއިރު އަނތްބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ. 

އިރްފާން ޚާންގެ މަރުގެ ޚަބަރާއެކު ބެލުންތެރިން ހިތާމައިގައި ތިއްބާ، މިއަދު އިވުނު އަނެއް ޚަބަރަކީ ބޮލީވުޑްގެ ދުވަސްވީ އެއް އެކްޓަރު ކަމުގައިވާ ރިޝީ ކަޕޫރުގެ މަރުގެ ޚަބަރެވެ.

ރިޝީ ކަޕޫރު ވެސް މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވިއިރު އުމުރަކީ 67 އަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ