އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑުން އަރައިގަނެވޭނެ ކަމުގެ ހެކިތައް މިދަނީ ފެންނަމުން: ޗީފް ޑިފެންސް ފޯސް

ކޮވިޑުން އަރައިގަނެވޭނެ ކަމުގެ ހެކިތައް މިދަނީ ފެންނަމުން: ޗީފް ޑިފެންސް ފޯސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ކޮވިޑުން އަރައިގަތުމަށް ހުރިހާ އެންމެން ގުޅިގެން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ސަބަބުން ކޮވިޑުން އަރައިގަނެވޭނެ ކަމުގެ ހެކިތައް މިދަނީ ފެންނަމުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިފަދަ ބަސްފުޅެއް ވިދާޅުވީ ކޮވިޑް 19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ސިފައިންގެ ބޭކަލެއް ކަމަށްވާ ވޮރަންޓް އޮފިސަރ ގްރޭޑް 1 މުޢައްމަރު މުޙައްމަދު ބަލިން ރަނގަޅުވެ އަލުން ސިފައިންގެ ޚިދުމަތާއި ގުޅިލެއްވުމުން މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ. 

މުޢައްމަރު މުޙައްމަދު ވަނީ ވެލިދޫ އައިސޮލޭޝަނުގައި އޭނާއަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ނަރުހުން އަދި އަދި އެންމެން ކޮށްދިން ޚިދުމަތަށް ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފައެވެ. އަދި ފުރާނަ އަތްމައްޗަށް ލައި ވަރަށް ބޮޑު ރިސްކް ނަގައިގެން ކުރީ ސަފުގައި ޚިދުމަތްކުރަމުން ގެންދާ އެންމެން ކުރާ ޚިދުމަތުގެ އަގު ވަޒަންކޮށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު