އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް އެމް.އެން.ޑީ.އެފް އިން އުފައްދައިފި

ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް އެމް.އެން.ޑީ.އެފް އިން އުފައްދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އެމް.އެން.ޑީ.އެފް ސަރވިސް ކޯޕސް ގެ ސިގްނަލްސް އިން ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއް އުފައްދާފިއެވެ.

މި ވެންޓިލޭޓާރުގެ އުފެއްދުމުގެ މަސައްކަތް ސިގްނަލް އިން ފަށާފައިވަނީ 18 އޭޕްރީލް 2020 ވަނަ ދުވަހުއެވެ. ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރުގެ މަސައްކަތް 14 ދުވަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. މިއަދު ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތައްޔާރު ކުރެވުނު އެމަޖެންސީވެންޓިލޭޓަރކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން  ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް