އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިފައިންގެ ތެރެއިން މިހާރުވެސް ސާޅީހަށްވުރެ ގިނައިން ޕޮޒިޓިވްވެއްޖެ! އަދިވެސް އިތުރަށް ޕޮޒިޓިވްވާނެ! ސިފައިން ފަހަތަކަށް ނުޖެހޭނެ!

ސިފައިންގެ ތެރެއިން މިހާރުވެސް ސާޅީހަށްވުރެ ގިނައިން ޕޮޒިޓިވްވެއްޖެ! އަދިވެސް އިތުރަށް ޕޮޒިޓިވްވާނެ! ސިފައިން ފަހަތަކަށް ނުޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރަނިކޮށް މިހާރުވެސް 40 އަށްވުރެ ގިނަ ސިފައިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި ވެސް އިތުރަށް ދާނީ ޕޮޒިޓިވްވަމުން ކަމަށާއި އެހެންކަމާއިއެކުވެސް ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. 

ޝަމާލް މިއަދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ކުރަމުން ގެންދާ ޢިމާރާތްތައް ކުރުމުގަ އާއި އަދި އަދި އެނޫންވެސް ކަންކަމުގައި ފުލުހުން ދަނީ ޤުރްބާންވަމުން ކަމަށެވެ! ޕީކް ޖެހެންވާއިރަށް އިމާރާތްތައް ނިންމުމަށް ދަނީ 24 ގަޑިއިރުހެން މަސައްކަތްކުރަމުން ކަމަށެވެ. "ޚާއްޞަ ގޮތެއްގައި ކޮންމެ ދުވަހަކު ޕީޕީއީ އެ ބަރުހެދުން ލައިގެން ތިބެ ސީ އެމްބިޔުލާންސްތަކުގައި ބަލިމީހުންނާ ކަރަންޓީނު މީހުން އުފުލަން އެކުރާ ދިގުދަތުރުތައް ޚާއްޞަގޮތެއްގައި ފާހަގަކުރަން ޖެހޭ!" 

ޝަމާލް ވިދާޅުވީ މިއީ ރައްޔިތުންނާއި ސީދާ ގުޅުންހުރި، ރައްޔިތުންގެ ސަލާމަތާއި ރައްކަތޔެރިކަމަށް އެންމެ މުހިންމުކަން ދޭންޖެހިފައިވާ މަސައްކަތްކަމުގައިވުމުން ސިފައިން މިމަސައްކަތްތައް ނަގަނީ ހަނގުރާމައެއްގެ ގޮތުގައި ކަމަށެވެ. މާތް ﷲ ވާގިފުޅާއިއެކު ނަބްރު ލިބިގެންދާނެ ކަމަށާއި އެންމެ ފަހު މީހާ އާއި ޖެހެންދެންވެސް "ޖިހާދު" ކުރުމުގައި ސިފައިން ސާބިތުވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް