އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓެލްކޯއަށް! ރައްޔިތުންނަށް އިތުރަށް ދޮގު މައުލޫމާތު ނުދެއްވާ! ޒިންމާދާރުވެލައްވާ!

ސްޓެލްކޯއަށް! ރައްޔިތުންނަށް އިތުރަށް ދޮގު މައުލޫމާތު ނުދެއްވާ! ޒިންމާދާރުވެލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ޢާންމު ރައްޔިތުންގެ މައުލޫމާތަށް ސްޓެލްކޯއިން 12 ވަނަ ދުވަހު (އިއްޔެ) ފޮނުވި މެސެޖުގައި 13 ވަނަ ދުވަހު (މިއަދު) ބިލް ނުދައްކައިފިނަމަ ކަރަންޓްކަނޑާނެ ކަމަށް ލިޔެފައި އޮތުމުން އެއީ މައުލޫމާތަށް ފޮނުވި މެސެޖެއް ކަމަށް ޤަބޫލުކުރުމުގެ އެއްވެސް ފުރުޞަތެއް އޮތް ގޮތެއް ސްޓެލްކޯ އިން ބުނެދިނުން ރަނގަޅުވާނެ ކަމަށް ފެނެއެވެ. 

ސަރުކާރުގެ އިދާރާތަކުން އަންގާ އެންގުން އެންގުމުން ރައްޔިތުންގެ ކޮންމެ މީހަކަށް އެ އިދާރާ އަކާއި ގުޅައިގެން އިތުރު މައުލޫމާތު ހޯދަން ޖެހޭނެ ގޮތަށް އޮތުމަކީ ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މެސެޖު ކިޔުމުން އެއީ މައުލުމާތަށް ފޮނުވި މެސެޖެއްކަން އެނގެނީ ކޮން އިބާރާތަކުން އެނގޭ ގޮތެއްވެސް ސްޓެލްކޯ އިން ހާމަކުރުން ރަނގަޅުވާނެކަމަށް ފެނެއެވެ. 

ފިތުނަ ފަސާދަ އުފައްދަން ލިޔުނު ލިޔުމަކަށް ވާނީ ސްޓެލްކޯއިން ނުފޮނުވާ މެސެޖެއް ފޮނުވި ކަމަށް ހަދައިގެން ލިޔެފި ނަމަ ނޫންތޯއެވެ؟ މެސެޖަކީ ފޮނުވި މެސެޖެކެވެ. ބިލް ނުދެރއްކި އެތައް ބައަކަށް ލިބިފައިވާ މެސެޖެކެވެ. މައުލުމާތަށް ފޮނުވާ މެސެޖެއް ނަމަ އެކަން ބަޔާންކުރަން ޖެހޭނެއެވެ. އަދި 13 ވަނަ ދުވަހު ބިލް ނުދައްކައިފިނަމަ ކަރަންޓް ކަނޑާނެ ކަމަށް ލިޔާކަށްވެސް ނުޖެހޭނެއެވެ. 

ހަމަ އެއާއިއެކު އެއީ އޮޓޯ ޖެނެރޭޓެޑް މެސެޖެއް ކަމަށްވާނަމަ އެ މެސެޖު އޮޓޯ އިން ނުދާނެ ގޮތް ހެދުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރާނެ ވަގުތުވެސް ސްޓެލްކޯއަށް ވަނީ ލިބިފައެވެ. ނޫސްތަކުގައި ލިޔާއިރު ގުޅައިގެން މައުލޫމާތު ހާމަކުރަން ޖެހެނީ އެކަމަކާއިމެދު އެއްވެސް ޝައްކެއް އޮތް ނަމައެވެ. އޮޅުމެއް އޮތް ނަމައެވެ. މީހަކު ބުނާ ބުނުމަކަށް ލިޔާނަމައެވެ. ސަރުކާރުން ހާމަކުރާ ކަމެއް ހާމަކުރުމުން އެކަން ހާމަކޮށްފައިވާ ގޮތަށް ބަޔާންކުރަން އިތުރަށް ގުޅާކަށް ނުޖެހޭނެއެވެ. 

ކަންކަން އިޞްލާޙްކުރަން އެދޭނަމަ ފުރަތމަ ކަމަކަށް އޮތީ ކުށް ޤަބޫލުކުރުމެވެ. އިތުރަށް ދޮގު ހެދުމެއް ނޫނެވެ. ބިލް 13 ވަނަ ދުވަހު ނުދައްކައިފިނަމަ ކަރަންޓް ކަނޑާނެ ކަމަށް ބުނުމަށްފަހު އެއީ މައުޅުމާތަށް ފޮނުވި މެސެޖެއް ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގު ހެދުމެވެ. ފިތުނަ ފަސާދަ އުފެއްދުމަކީ ދޮގު ހެދުމެވެ. މިއަދުނޫހުގައި ވާނީ ޞައްޙަ ތެދު މައުލޫމާތެވެ! މެސެޖު ލިބުމުން ނިކަމެތި ރައްޔިތަކު އަމަލުކުރި ގޮތުގެ ވާހަކައެވެ. އޭނާއަށް 700 ރުފިޔާވެސް ދެއްކެން ނެތިގެން އަމަލުކުރި ގޮތުގެ ވާހަކައެވެ. 

މެސެޖަށް އިތުބާރުކުރީ ޚުދު އަޅުގަނޑު ދިރިއުޅޭ ގެއަށް ވެސް އެ މެސެޖް ލިބި ހާސްކަމެއްގެ ތެރެއަށް ދާން ޖެހުމުންނެވެ. އޭނާއަށް ލިބުނު މެސެޖުގައިވެސް ވަނީ ހަމަ އެއް އިބާރާތެކެވެ! ވީމާ އިތުރަށް ރައްޔިތުންނަށް ދޮގުހަދައި ރެކެން މަސައްކަތްކުރުމަކީ ސަރުކާރުގެ ކުންފުނަޏަކުން އަމަލުކުރަން އެކަސީގެންވާ ގޮތް ކަމަކަށް ނުބެލެވެއެވެ. 

މި މެސެޖު އަދި އެއްފަހަރު ވިދާޅުވެލައްވާށެވެ! މިއީ މައުލޫމާތަށް ކަމެއް އަންގަން ކޮށްފައިވާ އިބާރާތެއްތޯ ނުވަތަ ކަރަންޓު ކަނޑާނެ ކަމުގެ ބިރު ދައްކަން ކޮށްފައިވާ ޢިބާރާތެއްތޯ ކުންފުނީގެ ވެރިން ވިސްނައިލުން ރަނގަޅުވާނެއެވެ. 

ކޮވިޑްގެ ލޮކްޑައުންގެ ޙާލަތުގައި ކަރަންޓް ނުކަނޑާނެ ކަމަށް ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ވަނީ ވިދާޅުވެފައެވެ. އެކަން ލިޔުމުގައިވެސް ވާނީ ފާހަގަކޮށްފައެވެ. 

Dear Valued Customer,  _____ 2ND FLOOR A (Acc:_____) has an outstanding of MVR 1634.67, please settle Bill#(s) 6179721 by 13-05-2020.  via our mobile app https://onelink.to/bx3eyq or https://ebill.stelco.com.mv/epay to avoid service interruption. Disregard this message if you have already paid.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް