އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޒުވާން މަސްވެރިޔާ" އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި

"ޒުވާން މަސްވެރިޔާ" އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، ދިވެހިންގެ ހިތްތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފިއެވެ.

ގއ.ގެމަނަފުއްޓަށް އުފަން، 21 އަހަރުގެ ސާޖިން ޒުވާން އުމުރުގައި މަސްވެރިކަމަށް ނިކުތުމާއެކު، މަސްވެރިކަމުގެ ދާއިރާއަކީ ރަނގަޅު އާމްދަނީއަކާއެކު، އުޖާލާ ކުރިމަގެއް ބިނާ ކުރެވިދާނެ ދާއިރރާއެއްކަން އިހުސާސްކުރެވުނެވެ. މިހާހިސާބުނ ސާޖިންގެ އަޒުމަކަށްވީ މަސްވެރިކަމުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫހު އާލާކުރުމަށެވެ. އެގޮތުން މަސްވެރިޔެއްގެ ހަޔާތް ދައްކުވައިދިނުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރާ ހިތްގައިމު ފޮޓޯތަކުން ސާޖިންވަނީ ދިވެހިންގެ މަގުބޫލުކަން ހޯދާފައެވެ. "ދިވެހި މަސްވެރިންގެ" ނަމުގައި ޖަމިއްޔާއެއް ރެޖިސްޓަރކޮށް މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަޑު އުފުލާ ދާއިރާގެ ކުރިމަގަށްވެސް ސާޖިންދަނީ މަސައްކަތްކުރަމުންނެވެ.

އުރީދޫއިން ބުނެފައިވަނީ އަލަށް މި ފެށުނު ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ. މީގެ އިތުރުން, މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް ސާޖިން އާއި އެކު މަސައްކަތްކުރެވިގެންދާނެ ކަމަށެވެ.

"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު، އަދި ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތެއް. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ދަނީ ކާމިޔާބާއި ހިއްވަރާއެކު ބުރަމަސއްކަތްތަކެއް ކުރަމުން. އުރީދޫއެކޭ އެއްފަދައިން މުޖުތަމައުގެ ކުރިމަގަށް މަސައްކަތްކުރުމަކީ ސާޖިންއަށްވެސް މުހިންމު ކަމަކަށް ވުމާއެކު ސާޖިންއާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީ ދާއިރާގެ ކުރިމަގަށް އަޅުގަނޑުމެން މަސައްކަތްކުރާނަން." އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

"އުރީދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ފަރާތެއް. އެހެންކަމުން، އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އުރީދޫއާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތަށް ފަށައިގަތުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް." ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ. 

މީގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާއި ގުޅިގެން މަސްދޯނިފަހަރުތަކަށްވަނީ މޮބައިލް ސެޓަލައިޓްގެ ޚިދުމަތްފޯރުކޮށްދީފައެވެ.

2019 ވަނަ އަހަރު އެކުންފުނިންވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ޚާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. އުރީދޫގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައިވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރ އާއި އެހެނިހެން ޕާރޓްނަރުންނާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު