އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިތުރި އަކީ މަތިވެރިކަން ބޮޑު ނަމާދެއް! ރަސޫލް ޞޢވ، ވިތުރި ނުކުރައްވާ ދޫކޮށްލައްވަވާފައެއް ނުވޭ!: ޑރ. ޝަހީމް

ވިތުރި އަކީ މަތިވެރިކަން ބޮޑު ނަމާދެއް! ރަސޫލް ޞޢވ، ވިތުރި ނުކުރައްވާ ދޫކޮށްލައްވަވާފައެއް ނުވޭ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ވިތުރި ކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ރަސޫލް (ޞޢވ) ގެ ޙަޔާތްޕުޅުގައި ވިތުރި ކުރެއްވެވުން އެއްގޮތަކަށްވެސް ދޫކޮށްލައްވަވާފައެއް ނުވެއެވެ. 

ވިތުރި އަކީ އެންމެ ރަކްއަތަކުންވެސް ފުދޭ، 3 ރަކްއަތް ނަމާދެކެވެ. ވިތުރީގެ ފުރަތަމަ ރަކްޢަތުތައި ރަސޫލް (ޞޢވ) ކިޔަވައި ވިދާޅުވަނީ އަލްޙަމްދަށްފަހު "ސައްބިހިސްމަ" ސޫރަތެވެ. ދެވަނަ ރަކްއަތުގައި ކިޔަވައި ވިދާޅުވަނީ ސޫރަތުލްކާފިރޫން އެވެ. ފުރަތަމަ 2 ރަކްއަތް ނިންމަވައި ސަލާމް ދެއްވެވުމަށްފަހު ވަކިން ކުރައްވަވާ އެއްރަކްއަތުގައި އަލްޙަމްދު ކިޔަވައި ވިދާޅުވުމަށްފަހު ކިޔަވައި ވިދާޅުވަނީ އިޚްލާޞް ސޫރަތެވެ. 

ނަމަވެސް މީހަކު ކިޔަވަން ބޭނުންވެއްޖެ ނަމަ ފަހު ރަކްޢަތުގައި އަލްހަމްދު ފަހުގައި އިޚްލާޞް ފަލަޤް، ނާސް 3 ސޫރަތް ކިޔެވުމަކީ މައްސަލައެއް ނޫނެވެ. 

ވިތުރީގެ 3 ރަކްއަތުގައި މި 3 ސޫރަތް ކިޔެވުމަކީ ސުންނަތުގައި އޮތް ގޮތެވެ. ނަމަވެސް ކިޔަވަން ނުއެނގޭ މީހާ ކީރިތި ޤުރްއާނުގެ ކޮންމެ ތަނަކުން ކިޔެވުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ "އެމީހަކަށް ފަސޭހަތަނަކުން ކިޔަވަން" ރަސޫލް (ޞޢވ) ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ނަމާދުކުރަންވީ ގޮތުގެ ވާހަކަ ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅެކެވެ! 

އަދި މުޒައްމިލް ސޫރަތުގެ 20 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "... ފަހެ، ޤުރުއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!.." ވީމާ ވިތުރި ކުރާއިރުވެސް ކީރިތި ޤުރްއާނުގެ ކޮންމެ ތަނަކުން ކިޔެވި ނަމަވެސް ނަމާދު ޞައްޙަވާނެއެވެ! 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްބަ ދަރުސަކުން 

(ޑރ. ޝަހީމްގެ މި ބަސްފުޅުން އެނގިގެންދަނީ ރަމަޟާން މަސް ފަދައިން އެހެން މަސްތަކުގައިވެސް، ކޮންމެ ރެއަކުވެސް ވިތުރި ކުރުމަކީ އިތުރުކަން ބޮޑު ސުންނަތެއް ކަމެވެ. ރަމަޟާން މަހު ވިތުރި ކުރައްވަން ފެށްޓެވި ބޭފުޅުން، ރަމަޟާން މަސް ނިމުމުންވެސް ވިތުރި ކުރެއްވުމުގައި ދެމިތިއްބެވުމުގެ މުހިންމު ކަމެވެ.)

ދަރުސްގެ ވީޑިއޯ:

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް