އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުންކަރާތްތައް ނަހީކުރަން މަސައްކަތްކުރުމާ ހެޔޮ ނަޞޭޙަތް ދިނުމަކީ މުޖުތަމައުގެ މަސްއޫލިއްޔަތެއް!: ޑރ. ޝަހީމް

މުންކަރާތްތައް ނަހީކުރަން މަސައްކަތްކުރުމާ ހެޔޮ ނަޞޭޙަތް ދިނުމަކީ މުޖުތަމައުގެ މަސްއޫލިއްޔަތެއް!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 28 ސިކުންތު

މިއަދު ތިބޭފުޅުންނާ އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވާ މަޢުލޫއަކީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމާއިބެހޭގޮތުން. އާދެ! ހެޔޮކަންތައްތަކަށް ގޮވާލާ މުޖުތަމަޢު ނުބައިކަންތައްތަކުން ދުރުކުރުވުމަށް މަސައްކަތްކުރުމަކީ މުޢުމިނުންގެ ސިފައެއް. އެއީ މުޢުމިނުންގެ ސިފައެއް. 

ކީރިތި ޤުރުޢާންގައި ﷲސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވަނީ "މުޢުމިން ފިރިހެނުންނާއި މުޢުމިން އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔަކުގެ އެހީތެރިންނޭ. މުޢުމިން ފިރިހެނުންނާ މުޢުމިން އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔަކުގެ އެހީތެރިންނޭ. އެމީހުން އެއްބަޔަކު އަނެއްބަޔަކުވެގެން ހެޔޮކަންތައްތަކަށް ގޮވާލައޭ. ހެޔޮކަންތައްތަކަށް އަމުރުކުރެއޭ. އެމީހުން ނުބައިކަންތައްތައް މަނާކުރެއޭ. ދެބައިމީހުންވެސް. ދެބައިމީހުންވެސް ނުބައިކަންތައްތައް މަނާކުރެއޭ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި އެމީހުން ނަމާދު ޤާއިމްކުރެއޭ އަދި އެމީހުން ޒަކާތް ދެއޭ. 

އެހެންވީމާ މިއިން އަޅުގަނޑުމެންނަށް މިދޭހަވަނީ މުޢުމިނުންގެ ސިފައެއްކަން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމަކީއެއީ. އިސްލާމީ ނަޒަރަކުން ބަލާއިރުގައި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމަކީ އެއީ އިސްލާމްދީނުގެ އިޖުތިމާއީ ރުކުނެއް އެއީ. އެރުކުން މުސްލިމުން ޖެހޭ ފުރިހަމަކުރަން. 

މިހާރު މުސްލިމުންގެ މުޖުތަމަޢުތަކުގައި މުންކަރާތްތައް އިތުރުވެގެންދަނީ އެހެންނޫންތޯ. މުންކަރާތްތައް އިތުރުވެގެންދާއިރުގައި އަޅުގަނޑުމެން ޖެހޭ މުންކަރާތްތައް ހުއްޓުވަން މަސައްކަތްކުރަން. ކޮންމެ މުސްލިމެއްގެ ވާޖިބެއް އެއީ މުންކަރާތް ހުއްޓުވުމަކީ އެއީ. ކޮންމެ މުސްލިމެއްގެ ވާޖިބެއް. 

އަދި މި އުންމަތް އެންމެ ހެޔޮ އުންމަތެއްގެ ގޮތުގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ އެއްސަބަބު އެއީ މިއުންމަތަކީ އެއީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާ އުންމަތަކަށްވުން. "މިއުންމަތް އެންމެ ހެޔޮ އުންމަތެއްމިއީ މީސްތަކުންގެ ތެރޭގައި ލެއްވުނު. މިއުންމަތް މިއީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާ އުންމަތެއް. 

އެހެންވީމާ ކީރިތި ޤުރުޢާންގެވެސް އެހެން މަޤާމެއްގައި މާތްﷲ ވަހީކުރައްވާފައިވޭ، "ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ވާހުށިކަމޭ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާ ބަޔަކު ކަމުގައި. ކާމިޔާބު ލިބޭ ބަޔަކީ އެބައިމީހުންނޭ." 

އެހެންވީމާ އަޅުގަނޑުމެންގެ މުޖުތަމައުގައިވެސް އޮންނަ ނުބައި ކަންތައްތައް މުޖުތަމައުއިން ފިލުވާލުމަށްޓަކައި އިޙްލާސްތެރިކަމާއެކުގައި އެކަންތައްތައް ކުރާ ފަރާތްތަކަށް ހެޔޮ ނަސޭހަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް. ނަސޭހަތް ދިނުމަކީ ފަޟީހަތްކުރުމެއްނޫން. ނަސޭހަތް ދިނުމަކީ ވަކިވަކިން ނަސޭހަތްދިނުން. އަދި އެކަންތައްތައް މުންކަރާތްތައް ނަހީކުރުމަށް ދަރަޖަތަކެއްވެސް ހުރޭ. އެއީ ދުލުން އެކަމެއް މަނާކުރުމާއި އެކަމަށް ކުޅަދާނަވެގެންނުވާ މީހާ ހިތުން އެކަން އިންކާރުކޮށްގެން ހުރުމާއި އަދި އަތުން މަނާކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހާ އެކަން އެގޮތަށް ކުރުން. 

އޭގެ މާނައަކީ ގޮސް ތަންތައް ހަލާކުކުރާ ވާހަކައެއްނޫން. އޭގެ މާނައަކީ ސަރުކާރުން، މިސާލަކަށް ސަރުކާރަށް ލިބިގެންވާނެ ދެއްތޯ އެހެން ފަރުދީގޮތުން ފަރުދަކަށް ލިބިގެންނުވާ ބާރުތައް. އެހެންވީމާ މިވެނި ތަނެއްގައި މިސާލަކަށް ހަށިވިއްކާ ތަނެއް ހިނގާކަމަށް މަޢުލޫމާތު ލިބުނީމާ ސަރުކާރަށް އޮންނާނެ ބާރު އެތަނެއް ގޮސް ހުއްޓުވުމުގެ ބާރު. އެއްގޮތަކަށްވެސް ފަރުދުން އެތަނަށް ވަދެ އެތާތިބި މީހުންގެ ގައިގާ ތަޅައި އަނިޔާކޮށް އެކަން ހުއްޓުވާކަށް ނޯވޭ. އެގޮތަށް ހުއްޓުވާކަށް ނޯވޭ އިސްލާމްދީނުގައި. އިސްލާމްދީނުގައި މިއޮންނަނީ ބާރު ލިބިގެންވާ ފަރާތުން ބާރުގެ ބޭނުމުގެ ތެރެއިން ބާރުގެ ދާއިރާގެ ތެރެއިން ހުއްޓުވުން. ބާރު ލިބިގެންނުވާ ފަރާތުން ދުލުން އެކަމެއް އިންކާރުކުރުން އެކަންގޯސްކަން ބަޔާންކުރުން. އެގޮތަށް ދުލުންވެސް ބަޔާންކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ މިއޮންނަނީ އެކަމެއް ހިތުން އިންކާރުކޮށްގެން އެކަމަކާ ތާއިދުނުވެ ހުރުން. އެއީ މުންކަރާތްތައް ނަހީ ކުރުމުގެ ދަރަޖަތައް. 

އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ އާއިލާތަކަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން ދަރީންނަށް ހެޔޮ ނަސޭހަތްދިނުމާއި އެއީ ވަރަށް ބޭނުންތެރި މުހިއްމު ކަމެއް. ދަރީންނަށް ހެޔޮ ނަސޭހަތް ދިނުމަކީއެއީ. ވެރިންނަށްވެސް ހެޔޮ ނަސޭހަތްދީ ދަރިންނަށްވެސް ހެޔޮ ނަސޭހަތްދީ އާއްމު މުސްލިމު ރައްޔިތުންނަށްވެސް ހެޔޮ ނަސޭހަތްދިނުމަކީ އެއީ އިސްލާމްދީނުގެ އިޖުތިމާއީ ރުކުނެއް އެއީ. އެރުކުން އަޅުގަނޑުމެން ދަމަހައްޓަންޖެހޭނެ. އެއީ ކާމިޔާބުގެ ފާލަން. އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ އެދުމާއި އެއްބަޔަކު އަނެއްބަޔަކަށް ނަސޭހަތްތެރިވުމަކީ.

ސޫރަތުލް އަޞްރުގައިވެސް މާތްﷲ ވަހީކުރައްވާފައިވަނީ "ޢަޞްރު ވަގުތު ގަންދެއްވާ މާތް ﷲ ވަހީކުރައްވަނީ އިންސާނާވަނީ ގެއްލުމާއި ހަލާކުގެ ތެރޭގައިކަން. އެކަމަކު މިވެނި މިވެނި މިވެނި ބަޔަކު މެނުވީއެވެ." މާނައަކީ މެނުވީއޭ. ހައްޤަށް ވަސީއްޔަތްކޮށް ކެތްތެރިވުމަށް ވަސީޔަތްކޮށް އީމާންވެ ހެޔޮ ޢަމަލުކުރި މީހުން މެނުވީއޭ. އެހެންވީމާ މިއީ ކާމިޔާބު ލިބިގެންވާ ބަޔަކީ. އަޅުގަނޑުމެން ދުނިޔޭގައި ކާމިޔާބު ހޯދަން ބޭނުންވާކަމުގައި ވަނީނަމަ އަޅުގަނޑުމެން އީމާންކަމާއެކުގައި ހެޔޮ ޢަމަލުކޮށް އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް ކެތްތެރިވުމަށް ވަސިއްޔަތްކޮށް އަޅުގަނޑުމެން ހައްޤަށް ވަސިއްޔަތްކުރަންޖެހޭނެ. އެއީ ކާމިޔާބުގެ އަހުލުވެރިންނަކީ. 

މިފަދަ އެހެން ފުރުސަތެއްގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލަން. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

--ދަރުސްގެ ވީޑިއޯ:

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް