އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ދޮޅު މަސްވެސް ނުވަނީސް، ބަލިން އަރައިގަތުމުގެ ވާހަކަ، މި ދެކެވެނީ ދުރާލައި އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ރައީސް ޞާލިޙް

އެންމެ ދޮޅު މަސްވެސް ނުވަނީސް، ބަލިން އަރައިގަތުމުގެ ވާހަކަ، މި ދެކެވެނީ ދުރާލައި އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކަމަށާއި އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ، ޞިއްޙީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ޙާލަތު ކަމަށް ައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19“ އާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން:

މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު، ހިތްހަމަނުޖެހޭ ބަޔަކުވެސް ތިބެދާނެ. ނަމަވެސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި. ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ޤައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް