އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން ބަސްނާހާނަމަ، ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރަން މަގު ފަހިކޮށްދެއްވެވުން އެދި މިފަދަ ދުޢާ ކުރައްވާށެވެ!

ދަރިން ބަސްނާހާނަމަ، ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރަން މަގު ފަހިކޮށްދެއްވެވުން އެދި މިފަދަ ދުޢާ ކުރައްވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ދަރިން ބަސްނާހާނަމަ، ހެޔޮ ގޮތުގަ ތަރުބިއްޔަތު ކުރަން މަގު ފަހިކޮށްދެއްވެވުން އެދި މިފަދަ ދުޢާ ކުރައްވާށެވެ! 

اَصۡلِحۡ لِىۡ فِىۡ ذُرِّيَّتِىۡ ؕۚ اِنِّىۡ تُبۡتُ اِلَيۡكَ وَاِنِّىۡ مِنَ الۡمُسۡلِمِيۡنَ‏ ﴿46:15﴾

"މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙްކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް ތައުބާ ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ." (އަލްއަޙްޤާފް: 15)

މި ދުޢާ ވިދާޅުވާއިރު ކުރިއަށް " اللَّهُمَّ " (އަޅު ހައްދަވައި ގެންގުޅުއްވާ އިލާހް!) ލައްވަވައިގެން ވިދާޅުވާށެވެ!

- ޝައިޚް އިބްރާހީމް ފަރީދް

އަދިވެސް މިއާޔަތުގައި މުހިންމު އިތުރު ދުޢާއެއްވެސް ވެއެވެ.

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ!" 

އަލްއަޙްޤާފް ސޫރަތުގެ 15 ވަނަ އާޔަތް: 

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި އިޞްލާޙް ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެއަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ." 

"ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެއަށް ތައުބާވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ." އޮތުމުން ދުޢާ ކުރާއިރުވެސް އަދި އަބަދުވެސް ތައުބާވެގެން ހުރުމުގެ މުހިންމުކަން އެނގިގެންދެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
11%
ރަނގަޅު
23%
އޯކޭ
43%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް