އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތަނަވަސްކަމާ ޞިއްޙަތާ ދެ ނިޢްމަތުން މުސްލިމުން އިސްކަން ދޭނީ ކޮން ނިޢްމަތަކަށް؟

ތަނަވަސްކަމާ ޞިއްޙަތާ ދެ ނިޢްމަތުން މުސްލިމުން އިސްކަން ދޭނީ ކޮން ނިޢްމަތަކަށް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ތަނަވަސްކަމަކީވެސް ﷲ ތައާލާ ދެއްވަވާ ނިޢްމަތެކެވެ! ޞިއްޙަތަކީވެސް ހަމަ ﷲ ތައާލާ ދެއްވަވާ ނިޢްމަތެކެވެ! ދެ ނިޢްމަތުން ކުރެ އެމީހަކު ބޭނުން ނިޢްމަތެއް އިޚްތިޔާރުކުރަން ޖެހިއްޖެ ޙާލަތުގައި މުސްލިމަކު އިޚްތިޔާރުކުރާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟ 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔެ ދޫކުރަންޖެހޭ ފަދަ ބަލި ޙާލުގައި އޮތް މީހަކު އިޚްތިޔާރުކުރާނީ ޞިއްޙަތެވެ. އެހެންކަމުން މިދައްކަނީ އެ ޙާލަތުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މައިބަދައިގެ މައްސަލަ ނުވަތަ ކަކުލު ހުޅުގެ މައްސަލަ ނުވަތަ އެނޫންވެސް އެ ބައްޔަކާއިއެކު ތިމާއަށް ދިރިއުޅެވޭފަދަ ބަލިތަކުގެ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުން އަބަދުވެސް އިޚްތިޔާރު ކުރާނީ ޞިއްހަތެވެ. އެއީ ފުރިހަމަ ޞިއްހަތެއްގައި ނެތި އެމީހަކަށް ރަނގަޅު ގޮތުގައި އަޅުކަން ނުކުރެވޭނެތީއެވެ. ﷲ ތަޢާލާ އާއި ކުއްތަންވެ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވޭނެތީއެވެ. މިސާލަކަށް މައިބަދައިގައި މައްސަލަ ހުރުން، ކަކުލުހުޅުގައި މައްސަލަ ހުރުން ފަދަ ޙާލަތުގައި އެމީހަކަށް ފުރިހަމަ ގޮތުގައި ރުކޫޢު، ސުޖޫދުވެސް ނުކުރެވޭނެތީއެވެ! 

މިހުންނަނީ މުސްލިމުންނަށް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ! ޞިއްޙަތު ތަން ނުދިނުމުން ނުކުރެވޭ ހާލަތުގައި މުސްލިމުންނަށް އެކުރާ އަސަރު އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަނަވަސްކަން ކިތންމެ ބޭނުންވި ނަމަވެސް ތަނަވަސްކަމާއި ނުލައި ދުނިޔޭގައި އުޅެ އާޚިރަތް ހޯދިދާނެއެވެ! ސުވަރުގެ ވައްދަވާނެ މީހުންގެ ތެރޭގައި ފަޤީރުންގެ ޢަދަދު ގިނަވުމައި މުއްސަނދިންނަށްވުރެ 500 އަހަރު ކުރިން ފަޤީރުން ސުވަރުގެ ވައްދަވާކަން އެއީ މިކަމުގެ ދަލީލަކަށް ފުދެއެވެ. 

އެންމެ މުހިންމީ އާޚިރަތް ހޯދުމެވެ. އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. ވީމާ ތަނަވަސްކަން ދެއްވެވުން އެދި ދުޢާކުރާވަރަށްވުރެ ގިނައިން ދުޅަހެޔޮ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
33%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު