އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދު އުފާކުރާއިރު ޙާލުގައި ތިބި މީހުންނަށް ހެޔޮދުޢާކުރުމަކީ އެމީހާގެ ޙާލަތު ބަދަލުކޮށްދެއްވަވާނެ އަމަލެއް! އިން ޝާ ﷲ: މުފްތީ މެންކް

ޢީދު އުފާކުރާއިރު ޙާލުގައި ތިބި މީހުންނަށް ހެޔޮދުޢާކުރުމަކީ އެމީހާގެ ޙާލަތު ބަދަލުކޮށްދެއްވަވާނެ އަމަލެއް! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ކުޅިވަރުގެ މައިދާނަށް ބަލައިފިނަމަ ފުޓްބޯޅަ މެޗުގެ ވަގުތު ހަމަވާއިރު ލަނޑެއް ނުޖެހި އޮއްވައި ވަގުތު ހަމަވެއްޖެ ނަމަ ލަނޑު ޖަހަން އިތުރުވަގުތު ދެއެވެ. ރަމަޟާން މަހަށް 30 ދުވަސް ހަމަކުރަން ފުރުޞަތު ލިބިގެންދިއަކަންވެސް އެއީ ދެއްވެވި މިފަދަ ފުރުޞަތެކެވެ!

އިތުރަށް އަޅުކަން ކުރަން ދެއްވެވި ފުރުޞަތެކެވެ! މީސްތަކުންނަށް އޮތީ ދެއްވަވާ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. އިތުރު ހިތްވަރާއިއެކު ރަމަޟާން މަސް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަމިއްލަ ނަފްސާއި ޢާއިލާ ނަރަކައިން ސަލާމަތްކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! 

ދެން މިއޮތީ ޢީދު ދުވަހެވެ. ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ދައްކަން ގަދައަޅައި މަސައްކަތްކުރާށެވެ! ތަނަވަސްކަން ހުރިނަމަ ޞަދަޤާތްވެސް ކުރާށެވެ! އެންމެ ކުޑަމިނުން ދުނިޔޭގެ ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އެދުޢާގެ ސަބަބުން ތިބާއަށް ވެސް ފައިދާކުރާނެކަން ޔަޤީންކޮށްގެން ދުޢާކުރަމުން ގެންދާށެވެ! އެކަމަކީ ތިމާގެ ޙާލަތަށް ހެޔޮ ބަދަލުތައް މިންވަރު ކުރައްވަވާނެ ކަމެކެވެ! އިން ޝާ ﷲ

- މުފްތީ މެންކް

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސްވެސް އަޅުގަނޑުމެންނާއި ވަކިވެގެން ހިނގައްޖެއެވެ. އިއްޔެ ދެއްވާފައިވާ މިދަރުސް މިފާހހަގަކުރީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ. މުފްތީ މެންކް ފާހަގަ ކުރައްވާފައި އެވަނީ ވަރަށް މުހިންމު ކަމަކަށްވާތީއެވެ! 

އެހެނީ ތިމާއަށް ނިދީން ހޭލެވުމާއިއެކު ދުނިޔޭގައި ހުންނަން އިތުރަށް ދެއްވެވި ފުރުޞަތަށް ޝުކުރުވެރިވެ ވީހައި ގިނައިން ހެޔޮ އަމަލުކުރަން މަސައްކަތްކުރަން ޖެހެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ލަނޑެއް ޖަހަން މަސައްކަތްކުރާ ވާހަކަ ބުނުމުން ބަލަންވީ މީހަކަށް ލަނޑެއް ދިނުމަކަށް ނޫނެވެ. ބަލަންވީ ހަމަ ކޮންމެ ގޮތަކުން ނަމަވެސް އިތުރު އަޅުކަންތަކެއް ކުރުމަށް ދެއްވެވި ފުރުޞަތެއް ކަމަށެވެ! މަސައްކަތްކުރަންވީ އާޚިރަތަށް ފައިދާކުރާނެ ހެޔޮ އަމަލުތަކެއް ކުރުމަށެވެ! އާޚިރަތް ދުވަސް ބާއްޖަވެރިކުރަން މަސައްކަތްކުރުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް