އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ޢީދުފާހަގަ ކުރުމަށް ޑިޖިޓަލް މިއުސިކް ޝޯއެއް ބާއްވަނީ!

އުރީދޫ އިން ޢީދުފާހަގަ ކުރުމަށް ޑިޖިޓަލް މިއުސިކް ޝޯއެއް ބާއްވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން އެއްކޮށް ކާލާ އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެކެވެ. އެހެންނަސް، މި އަހަރުގެ ޢީދަކީ އެހެން އަހަރުތަކާ ޙިލާފަށް ގޭގައި، އެންމެ ގާތް އަދި ލޯބިވާ މީހުންނާ ދުރުގައި ހޭދަ ކުރަންޖެހިފަވާ ޢީދެކެވެ. މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްއިން ވަނީ އުރީދޫ ޢީދު ޝޯ 2020 ގެ ނަމުގައި ޑިޖިޓަލް މިއުސިކް ޝޯއެއް އިންތިޒާމް ކޮށްފިއެވެ.

އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު - ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ފްރޮންޓްލައިންގައި އުޅުއްވާ އެންމެހާ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް އުރީދޫ މޯލްޑިވްސްއިން ފާހަގަކޮށް ޝުކުރު އަދާކުރުމާއި އެކު، ޢީދުގެ ތަހުނިޔާ އެފަރާތްތަކަށް ފޮނުވައެވެ. ފަސްޓް ރެސްޕޯންސް ގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތްދިނުމުގެ އިތުރުން، އެހީތެރިކަމަށް ބޭނުންވެފައިތިބި އެތައް ބިދޭސީންނަކަށް ކެއުމާއި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ވަރުބަލި ކަމެއްނެތި ރެޑް ކްރެސެންޓްއިން ކުރަމުންދާ މަސައްކަތްވެސް އުރީދޫއިންވަނީ ފާހަގަކޮށްފައެވެ. މި ޚިދުމަތުގެ އަގުވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫއިން އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން ރެޑް ކްރެސެންޓަށް ޑޮނޭޓްކުރުމުގައި ބައިވެރިވުމަށެވެ.

އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ 24 މޭ، ރޭގަނޑު 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވައެވެ.

 

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: https://youtu.be/sbOE8ILzos0 މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު