އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮރުގަ އޫރު ބޯ އަޅުވާނެއެއްނު؟ ޔޫރަޕްގެ ޗެމްޕިއަން ވެސް އިސްލާމްވެ ފުރަތަމަ ޢީދު ފާހަގަކޮށްފި!

ދޮރުގަ އޫރު ބޯ އަޅުވާނެއެއްނު؟ ޔޫރަޕްގެ ޗެމްޕިއަން ވެސް އިސްލާމްވެ ފުރަތަމަ ޢީދު ފާހަގަކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

"އަހަރެން ފަޚުރުވެރިކަމާއެކު ދުނިޔެއަށް އިއުލާނު މިކުރަނީ އަހަރެން އިސްލާމް ވެއްޖައިން ކަމެވެ. މާތް ﷲ އަށް ފުރިހަމައަށް ކިޔަމަންވާ ކަމެވެ. މުޙައްމަދު ރަސޫލުﷲ (ޞޢވ) އާއި އެ ރަސޫލާ ގެނެސްދެއްވެވި ފޮތް ކަމުގައިވާ ކީރިތި ހިތުގެ އަޑިން ޤަބޫލުކުރާ ކަމެވެ. 

ދަތިޙާލެއްގަ މެދުވެރިވެއްޖެ ނަމަ ﷲ ފިޔަވައި އެހީތެރިކަން ފޯރުކޮށްދެއްވޭ އެހެން އެއްވެސް ފަރާތެއް ނެތްކަން ވަރަށް ގިނަ ފަހަރު ތަޖުރިބާކޮށްފީމެވެ. އިސްލާމްވުމަށް ވިސްނާތާވެސް އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ސިޔާސީ ފިއްތުންތަކުގެ ސަބަބުން މިހައިތަނަށްވެސް ފަސްކުރަން ޖެހުނީއެވެ. 

ﷲ އާއިމެދު އިތުރަށް ވިސްނައި އީމާންކަން ވަރުގަދަކޮށް އަހަރެން އިސްލާމްވެ އިސްލާމްކަން އިއުލާނުކުރަން ހިތްވަރު ލިބިގެންދިއައީ ކޮރޯނާ ވައިރަސް ގެ ސަބަބުން ކުރިމަތިވި ކަންތައްތަކެވެ!"

މިއީ ޔޫރަޕްގެ ޗެމްޕިއަން، މިކްސްޑް މާޝަލް ޢާޓްސް ތެޅުންތެރެއިން އަރާހުރި ޖަރުމަނަށް ނިޞްބަތްވާ މަޝްހޫރު ވިލްހެމް ހޮޓް އިސްލާމްއިސްލާވެ މުސްލިމުންނާއިއެކު ފުރަތަމަ ޢީދު ފާހަގަކުރުމަށްފަހު ބުނެފައިވާ ބައެއް ބަސްތަކެވެ. ވިލްހެމް އިސްލާމްވެފައިވަނީ އެޕްރިލް މަހުގެ 16 ވަނަދުވަހުއެވެ! އެހެންކަމުން އިސްލާމްވިގޮތަށް ފެށީ ރަމަޟާން މަހު ރޯދަ ހިފާށެވެ! 

The famous German Boxer Willham Ott, the European champion in martial arts, announces his conversion to Islam through a video posted on his official account on Instagram, stressing that the Corona crisis gave him an opportunity to reflect and find his faith

ވިލްހެމް ޝަހާދަތް ކިޔައި އޭނާގެ އިސްޓަގްރާމް މެދުވެރިކޮށް ހާމަކުރި ވީޑިއޯ:

އިންޑިއާގައި ތިބި ހައްދުފަހަނައަޅާފައިވާ ހިންދޫންނަށް މިވާހަކަ ހިންދީ ބަހުން ބުނެދޭ ވީޑިއޯއެއް! 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު