އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަހަރު ބުއިމުން ސަލާމަތްވުމަށްވުރެ ނުބައި އެކުވެރިންގެ ކިބައިން ރައްކައުތެރިކަން ހޯދުމުގެ މުހިންމުކަން މާބޮޑުވާ ސަބަބު!

ޒަހަރު ބުއިމުން ސަލާމަތްވުމަށްވުރެ ނުބައި އެކުވެރިންގެ ކިބައިން ރައްކައުތެރިކަން ހޯދުމުގެ މުހިންމުކަން މާބޮޑުވާ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ޒަހަރު ބުއިމުން ރައްކާތެރިވުމަށް ދޭންޖެހޭ ސަމާލުކަމަށްވުރެ ނުބައި އެކުވެރިންގެ ކިބައިން ރައްކައުތެރިކަން ހޯދުމުގެ މުހިންމުކަން މާބޮޑެވެ! 

އެހެނީ އެމީހަކަށް ނުއެނގިހުރެ އޮޅުމެއްގެ ތެރެއިން ޒަހަރު ބޮވި މަރުވި ނަމަވެސް އެމީހަކު ފާފަވެރިއެއް ނުވާނެއެވެ! އެ އަމަލުގެ ސަބަބުން އެމީހާގެ ޢާޚިރަތް ގެއްލިގެނެއް ނުދާނެއެވެ. އިން ޝާ ﷲ. އެއީ އެމީހާ ޤަޞްދުގައި ކުރިކަމަކަށް ނުވާތީއެވެ. 

ނަމަވެސް އެ މީހުންނަކީ ނުބައި ބައެއްކަން އެނގިހުރެ ނުބައި އެކުވެރިންނާއިއެކު އުޅެނީ އެމީހަކު އަމިއްލައަށެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ! ނުބައި އެކުވެރިންގެ ސަބަބުން މަގު ގެއްލި ﷲ ތަޢާލާގެ މަގުން އެއްކިބާވެވިއްޖެ ނަމަ އެމީހާގެ އާޚިރަތް ގެއްލިގެންހިނގައިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑެވެ! 

ނުބައި އެކުވެރިން ކަމަށް މިބުނަނީ ﷲ ތަޢާލާ އަށް ޢަދާވާތްތެރިވެ މުންކަރާތްތަކަށް އަރައިގަންނަން ވާގިދޭ މީހުންނަށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަކީ ކުރަން އެންމެ ރަނގަޅު ކަންކަންކަމަށް ބުނެ އެފަދަ ކަންކަން ކުރަން ހިތްވަރުދޭ މީހުންނަށެވެ. ހަމަ އެއާއިއެކު އެމީހަކާއިއެކު އުޅުމުން ތިމާ އަދާކުރަން ޖެހޭ ދީނީ ވާޖިބުތައް އަދާކުރަން ހުރަސް އެޅުން ފަދަ ކަންކަން މެދުވެރިވާ މީހުންނަށެވެ. 

" ﷲ، ތިއަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިއަބައިމީހުންގެ ދީނާއިހުރެ ތިއަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިއަބައިމީހުންގެ ގޮވަތިގެދޮރުން ތިއަބައިމީހުން ނެރެލައި، އަދި ތއަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (އަލް މުމްތަޙާން: 9)

މިއަދު މުޝްރިކުން މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަން ހަނގުރާމަކުރަނީ ކަނޑި އާއި ބަޑިއަކުންނޫނެވެ! ބުނާ ބަސްތަކުންނެވެ! އިސްލާމް ދީނާއިމެދު ދޭ ދޮގު މައުލޫމާތުންނެވެ. އިސްލާމް ދީން ހުއްދަނުކުރާ ކަންކަން ކުރަން ހިތްވަރުދީގެންނެވެ! ވީމާ އެމީހެއްގެ ކިބައިން މިފަދަ އެއްވެސް ކަމެއް ފެންނަ މީހުންނާއި އެކުވެރިވެ އުޅުން މުސްލިމުންނަށް ހުއްދައެއް ނުވާނެއެވެ! 

ކާފިރަކު ކަމުގައިވީނަމަވެސް އެމީހެއްގެ ސަބަބުން ތިމާގެ އީމާންކަމަށް ހުރަސް ނުއެޅޭނަމަ އެމީހަކާއި ގުޅުން ބާއްވައި ރައްޓެހި ރަޙްމަތްތެރިކަން ބޭއްވުން އިސްލާމް ދީން މަނައެއް ނުކުރެއެވެ. 

" ތިއަބައިމީހުންގެ ދީނާހުރެ، ތިއަބައިމީހުންނާ ހަނގުރާމަ ނުކުރާ، އަދި ތިއަބައިމީހުންގެ ގޮވަތި ގެދޮރުން ތިއަަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިއަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް ޢަދުލު ވެރިގޮތުގައި ކަންތައް ކުރުން، ﷲ ތިއަބައިމީހުންނަކަށް މަނައެއް ނުކުރައްވަވަތެވެ. ހަމަކަށަވަރުން، ޢަދުލު ވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލް މުމްތަޙާން: 8)

- އިސްލާމީ ތިލަފތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް