އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކީވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތި މީހަކަށްވެދާނެ!: ޝައިޚް އަލީ ޒާހިރު

ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކީވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތި މީހަކަށްވެދާނެ!: ޝައިޚް އަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ތިމާއަކީ ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކު ނަމަވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތިމީހަކަށްވެދާނެއެވެ! އެހެންވެއްޖެ ނަމަ އެއި ވަރަށް ހިތާމަހުރި ކަމަކަށް ނޫނީ ނުވާނެއެވެ. 

ތިމާއަކީ ކިތަންމެ ދީލަތިކަމާއިއެކު ހޭދަކުރާ މީހަކު ނަމަވެސް ﷲ ގެ ޙަޟްރަތުގަ ދަހިވެތިމީހަކަށްވެދާނެކަން އެނގިގެންދަނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުންނެވެ. 

ޙަދީޘްފުޅުގައި ވަނީ ރަސޫލް (ޞޢވ)ގެ ނަންފުޅު ގަނެވޭ ހިނދުގައި އިތުރުއެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހަކީ ދަހިމީހެއްގެ ގޮތުގައި ސިފަކުރައްވަވައިފައެވެ. އަދި ޞަލަވާތް ކިޔަވައިފި މީހަކަށް 10 ފަހަރު ރަޙްމަތް ލައްވަވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ވަނީ ދެއްވަވައިފައެވެ. 

ދީ ދަރުސްތަކުގައި ޚާޢްޞަކޮށް ގިނަގިނައިން ޙަދީޘް ކިޔެވޭ މަޖިލިސްތަކުގައި، ކްލާސްތަކުގައި ލިބިގެންދާ އެންމެ މަތިވެރި ނިޢްމަތަކީ ދުލުން އެތައްފަހަރަކު ޞަލަވާތް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ ކަމެވެ. ވީމާ އިތުރު އެކަލޭގެފާނުގެ މަތިވެރި ނަންފުޅު ގަނެވޭހިނދު ކޮންމެ ފަހަރަކުވެސް ޞަލަވާތްވިދާޅުވާށެވެ! އިތުރުއެކަލޭގެފާނަށް މަތިވެރި ދަރަޖަތަކަށް އެދިވަޑައިގެން ދުޢާކުރައްވާށެވެ! އެއީ ވަރަށް މަތިވެރި ކަމެކެވެ. 

އަޅުގަނޑުމެން އުންމީދުކުރަންވީ ޤިޔާމަތް ދުވަހުން ރަސޫލް (ޞޢވ)ގެ ބަރަކާތްތެރި އަތްޕުޅުން ފެންފޮދެއް ލިބޭނެ މީހުންގެތެރޭގައި ހިމެނުމަށެވެ! އިންތިޒާރުކުރަންވީ ރަސޫލް (ޞޢވ) އާއި ބައްދަލުވުމަށެވެ! ވީމާ ރަސޫލް (ޞޢވ)ގެ މައްޗަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އެއްވެސް މިންވަރަކަށް ފަނޑުވެގެން ދިއަ ދީގެން ނުވާނެއެވެ! އެލޯބި ދިރުވައި އާލާކުރުމަށްޓަކައި ގިންގިނައިން ރަސޫލް (ޞޢވ)ގެ މައްޗަށް ބަލަވާތްކިޔވާ މީހަކު ކަމުގައިވާށެވެ! 

އަދި އެއީ އަޅުގަނޑުމެންގެ މުޅި ފުރާނަ އާއި ގުޅިފައިވާ ލޯތްބެއްކަން އަބަދާއި އަބަދު ހަނދުމަކުރަންވާނެއެވެ! ރަސޫލް (ޞޢވ) ގެ ނަންފުޅު ގަނެވޭ ހިނދުގައި ގިނަގިނައިން ޞަލަވާތް ކިޔަވަން މަސައްކަތްކުރާށެވެ! 

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް