އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް ޞޢވ, އަށާ އިސްލާމް ދީނަށް ބަދުބަސް ބުނާ މީހުންނަށް ނަފްރަތުކުރަން ޖެހޭނެ!: ޝައިޚް އަލީ ޒާހިރު

ރަސޫލް ޞޢވ, އަށާ އިސްލާމް ދީނަށް ބަދުބަސް ބުނާ މީހުންނަށް ނަފްރަތުކުރަން ޖެހޭނެ!: ޝައިޚް އަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އަޅުގަނޑުމެން އެންމެ ލޯބިވާ އަނބިދަރިންނަށްވުރެ އަޅުގަނޑުމެންގެ ހިތްތަކުގައި ރަސޫލް (ޞޢވ)ގެ މައްޗަށް އޮތް ލޯބި މާބޮޑެވެ. ވީމާ ރަސޫލް (ޞޢވ) އަށް ނަފްރަތުގެ ބަސް ބުނާ އަޑު އިވިއްޖެ ނަމަ އެބުނި މީހަކަށް ނަފްރަތުކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ. 

އިތުރު އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި ކުޅެން އުޅެފި މީހެއްގެ ދެދުނިޔެ ހަލާކުވެގެންދާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރަސޫލް (ޞޢވ) ދެކެ މުސްލިމުން ލޯބިވަނީ ޣައިރު މުސްލިމުންނަށް ނުވަތަ އެކަން ޤަބޫލުނުކުރާ މީހުންނަށް އެކަން ބަލައިގަނެވޭވަރަށްވުރެ މާމަތީ ދަރަޖައަކަށެވެ. 

މާތް ﷲ ވަނީ ރަސޫލް (ޞޢވ) ގެ ނަންފުޅޯު މަތިވެރިކުރައްވަވައިފައެވެ. ވަޙިކުރައްވަވާފައިވަނީ "ކަލޭގެފާނުގެ ޛިކުރާ ތިމަން ﷲ މަތިވެރިކުރެއްވެވީމެވެ!" 

ވީމާ އިތުރު އެކަލޭގެފާނުނެ ނަންފުޅަށް ފުރައްސާރަކޮށް އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ދެއްކުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ! އެއީ އިސްލާމް ދީނުގެ އަސާސްތަކާއި ކުޅުމެވެ. އަދި އެކަމަކީ މިދިވެހިރާއްޖޭގައި މުސްލިމުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. 

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް