އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރެވިފައި ވާނަމަ މާޔޫސް ނުވެ ހިތްވަރު ގަދަކޮށް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

ފާފަކުރެވިފައި ވާނަމަ މާޔޫސް ނުވެ ހިތްވަރު ގަދަކޮށް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު

ވަރަށް ގިނަ ޒުވާނުން ޚާއްބަކޮށް އަންހެން ކުދިން ގުޅައި އެމީހުންނަށް އެމީހުންގެ ޒުވާން ޢުމުރުގައި ކުރެވިފައިވާ ފާފަތަކާއިމެދު ކަންބޮޑުވެ ހިތާމަކުރެއެވެ. ލޯބީގެ އަވާގައި އެމީހުންގެ ޢިއްފތްތެރިކަން ޤުރްބާނެކުރެވިފައިވާތީ ހިތާމަކުރެއެވެ. އަދި އެނޫންވެސް ބައެއް ފާފަތައް ކުރެވިފައިވާތީ ހިތާމަކުރެއެވެ. ދެން ޢަމަލުކުރަންވީ ގޮތަކާއިމެދު ސުވާލުކުރެއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މީހެއްގެ ވެސް މާޒީއެއް އޮންނާނެއެވެ! އެ މާޒީގައި ކުރެވިފައިވާ ކަންކަމަށް ބަލާއިރު ފާފަތައްވެސް ކުރެވިފައިވާނެއެވެ! އެއީ ދެރަވެ ހިތާމަކޮށް މާޔޫސްވާން ޖެހޭނެ ކަމެއް ނޫނެވެ! އެހެނީ ﷲ ތައާލާއީ ގިނަގިނައިން ފާފަފުއްސަވައި ދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ! 

ކުރެވިފައިވާ ފާފަތަކާއިމެދު ދެރަވެ ހިތާމަކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ފުރިހމަ ތައުބާއަކުން ތައުބާވެވޭނީ ވެސް ކުރެވިފައިވާ ފާފަތަކަށް ދެރަވެ ހިތާމަކޮށްގެންނެވެ! ނަަމވެސް މިބުނަނީ ފާފަކުރެވިފައިވީތީ މާޔޫސްވެ ގޮތް ހުސްވާ ހިސާބަށް ކަންކަން ގެންދަން ނުޖެހޭނެ ވާހަކައެވެ. 

ބައެއް ޒުވާނުން މާޔޫސްވާވަރުން ނުކައި ނުބޮއި އެބަތިބެއެވެ! ދިރިއުޅުންމަތިން ފޫހިވެ ބުއްދި ގޮސްވާ ހިސާބަށް އެބަ ކަންކަން ގެންދެއެވެ! އެއްގޮތަކަށްވެސް އެކަން އެހެން ނުކުރާށެވެ! 

ތިމާގެ ޢިއްފަތްތެރިކަން ގެއްލުވައި ނުލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ހިޔާވަހިކަން ދެއްވަވާނެ އެއް ކަންތަކެވެ! ކުރާނެ ކަމެއް ނެތެވެ! ކުރެވުނު ފާފައެއްގެ ސަބަބުން އެ ނިޢްމަތް ގެއްލިގެން ދިއައީއެވެ. ދެންވެސް މާޔޫސް ނުވާށެވެ! އެހެން ޢަމަލެއްކޮށްގެން ހިޔާވހިކަން ހޯދަން މަސައްކަތްކުރާށެވެ! މިސާލަކަށް އެކަނި އިނދެ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން އެންމެ ކަރުނަ ތިތްކެއް ކޯތާފަތް މައްޗަށް ވައްޓާލަން މަސައްކަތްކުރާށެވެ! ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް ﷲ ތައާލާ މިންވަރުކޮށްދެއްވަވާނެތެވެ! 

Abu Hurayrah (may Allah be pleased with him) said: The Messenger of Allah (peace be upon him) said:

"A man who weeps for fear of Allah will not enter Hell until the milk goes back into the udder, and dust produced (when fighting) for the sake of Allah and the smoke of Hell will never coexist."

[Jami' at-Tirmidhi 1633]

There are 7 types of people who will be under the shade on the Day of Judgement and they are:

1) a just leader

2) a youth who grows up worshiping Allah

3) a man who is deeply attached to the Masjid

4) two men who love one another for the sake of Allah, meeting for His sake and parting for His sake

5) a man who is called by a beautiful woman and says, 'I fear Allah'

6) a man who gives charity in secret such that his left hand does not know what his right hand is doing

7) a man who remembers Allah when he is alone and his eyes fill with tears.

 [Bukhari, Muslim]

މި ޙަދީޘްފުޅުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ! ވީމާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ﷲ ތަޢާލާ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް އޮތް ވަޙީ ބަސްފުޅަށް އިތުބާރުކުރާށެވެ. 

މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! 

رَبَّنا إِنَّنا سَمِعنا مُنادِيًا يُنادي لِلإيمانِ أَن آمِنوا بِرَبِّكُم فَآمَنّا ۚ رَبَّنا فَاغفِر لَنا ذُنوبَنا وَكَفِّر عَنّا سَيِّئَاتِنا وَتَوَفَّنا مَعَ الأَبرارِ

"އަޅަމެންގެ ވެރިރަސްކަލާކޮ! އީމާން ވުމަށް ގޮވާލައްވާ ރަސޫލަކު ތިއަބައިމީހުންގެ ވެރިރަސްކަލާނގެޔަށް އިމާންވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާން ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް ޢަފޫ ކުރައްވަވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!" (އަލް ޢިމްރާން: 193)

رَبَّنَا هَبۡ لَـنَا مِنۡ اَزۡوَاجِنَا وَذُرِّيّٰتِنَا قُرَّةَ اَعۡيُنٍ وَّاجۡعَلۡنَا لِلۡمُتَّقِيۡنَ اِمَامًا‏

"-- އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" (އަލްފުރްޤާން: 74)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް