އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ބައެއް ކަންކަން: ޝައިޚް ޝާފިޢު

ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ބައެއް ކަންކަން: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މިކަންކަމަކީ ޙައިޟުވެރިޔާއަށް މަނާކަންތައް ކަމަށް ގިނަ މީހުންނަށް ހީވެފައިވާ، އެހެން ނަމަވެސް ހުއްދަ ކަންކަމެވެ. 

މިކަންކަން އަންގަވާ ދެއްވީ ޝެއިޚް މުޙައްމަދު ޝާފިޢު އެވެ.

▪︎ މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން

▪︎ ތަފްސީރު ފޮތްތަކުގައި ބީހުން

▪︎ ޤުރުއާން ތަރުޖަމާގައި ބީހުން

▪︎ ދުޢާކުރުން

▪︎ ޛިކްރުކުރުން

▪︎ މައްޔިތުން ހިނެވުން

▪︎ މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން

▪︎ ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން

▪︎ ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން

▪︎ ސަޢްޔުކުރުން 

▪︎ ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް

▪︎ ތިލާވަތުގެ ސަޖިދަކުރުން

▪︎ ޝުކުރުގެ ސަޖިދަކުރުން

▪︎ މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ)

▪︎ ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުން

ހަމަކަށަވަރުން އިސްލާމްދީނަކީ ފަސޭޙަވެގެންވާ ދީނެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް