އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމިކް މިނިސްޓްރީ އާ ސިޓީކައުންސިލުން ހުއްދަ ދިނީމަ މިސްކިތަށް ވެސް ދެވޭނެ!: ފުލުހުން

އިސްލާމިކް މިނިސްޓްރީ އާ ސިޓީކައުންސިލުން ހުއްދަ ދިނީމަ މިސްކިތަށް ވެސް ދެވޭނެ!: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އިސްލާމިކް މިނިސްޓްރީ އާ ސިޓީކައުންސިލުން ހުއްދަ ދިނީމަ މިސްކިތަށް ވެސް ދެވޭނެކަމަށް  ފުލުހުން ބުނެފިއެވެ. 

މިސްކިތަށް ދާން ހުއްދަ ހޯދަން 1665 މިއަދު ގުޅުމުން ބުނެފައިވަނީ މިސްކިތަށް ދާން ހުއްދަ ނުދެވެނީ އިސްލާމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލުން މިސްކިތަށް ދިއުން މަނާކުރާތީ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް މަޖިލީހަށް ހުއްދަ ދިނީ މަޖިލީހުން ޖަލްސާއެއް ބާއްވަން ނިންމުމުން ކަމަށާއި މަޖިލީހުން ޖަލްސާ ބާއްވަން ހުއްދަ ނަގަން ފަރާތެއް ނެތް ކަމަށެވެ. އަދި މެންބަރުންނަށް މަޖިލީހަށް ދާން ހުއްދަ ލިބޭއިރު މިސްކިތަށް ދާން ހުއްދަ ނުލިބެންވީ ސަބަބެއް އޮތް ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ. 

"ތިއަ ބޭފުޅުން އިސްލާމިކް މިނިސްޓްރީއަށާ ސިޓީ ކައުންސިލަށް ގުޅުއްވާ! އެބޭފުޅުން ހުއްދަ ދެއްވީމާ މިސްކިތަށް ދާން ވެސް ހުއްދަ ދޫކުރާނެ!" ކަމަށްވެސް ބުނެފައިވެއެވެ. 

ކުޑަ ތަންކޮޅެއްގައި ގިނަބައަކަށް ދިރިއުޅެންޖެހިފައިވުމުން ގޭގައި ނަމާދުކުރާނެ ޖާގަ ނެތުމުން ގިނަ ބައަކަށް ވަނީ ވަރަށް ބޮޑެތި ދަތިތަށް ކުރިމަތިވެފައެވެ. 

އިއްޔެގެ ޢަޞްރު ނަމާދަށް ބަންގި ގޮވި ވަގުތު ޕޮލިސް ލައިން ދަމާފައި ނެތް މިސްކިތަކަށް އަރައި ބަލަލިއިރު ފެނުނު އެކަކީ 25 ވަރަކަށް އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. އޭނާ އިނީ ކުނާތަކެއްގެ ތެރޭގައި ވަރަށް ސިއްރުން ޤުރައާން ކިޔަވާށެވެ! ހަަމ އެފަދަ ގޮތަކަށް ވަރަށް ފޮރުވިގެން މީހަކު ނަމާދުކުރަންވެސް ހުއްޓެވެ! ޤަބޫލުކުރެވޭ ގޮތުން އެއީ ދަތުރުވެރިއެކެވެ. 

ފުލުހުންގެ ވާހަކައިން އެނގިގެންދަނީ މިސްކިތްތައް ބަންދުކޮށްފައި ހުރުމުން ﷲ އަށް އަޅުކަންކުރަން މިފަދަ ދަތި ޙާލުގައި ރައްޔިތުން އުޅެމުން ދާއިރުވެސް މިހާރު މިސްކިތްތަކަށް ނުދެވެނީ އިސްލާމިކް މިނިސްޓްރީ އާއި ސިޓީކައުންސިލުން އެކަން ހުއްދަ ނުކުރާތީ ކަމެވެ. ވީމާ އަމަލުކުރަން ޖެހޭ އުޞޫލު ކަނޑައަޅުއްވައި ވީހައި އަވަހަކަށް މިސްކިތަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް