އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލައަށް މާސްކް ނަގަން ނޭނގޭ ކުދިންނާ މީހުން މާސްކް އަޅުވައިގެން ނުވާނެ!: ޑރ. އަފްޒަލް

އަމިއްލައަށް މާސްކް ނަގަން ނޭނގޭ ކުދިންނާ މީހުން މާސްކް އަޅުވައިގެން ނުވާނެ!: ޑރ. އަފްޒަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އަމިއްލައަށް މާސްކް ނަގަން ނޭނގޭ ކުދިންނާ މީހުން މާސްކް އަޅުވައިގެން ނުވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ 2 އަހަރު ނުވާ ކުޑަކުދިންނާއި މައްސަލަތައް ދިމާވެ މާސްކް ނަގަން ނުއެނގޭ ހާލަތުގައި ތިބޭ މީހުން މާސްކް އަޅުވައިގެން ނުވާނެ ކަމަށެވެ. އަދި އެމީހުންގެ ރައްކައުތެރިކަމަށްޓަކައި މާސްކް އަޅަންވީ އެހެން މީހުން ކަމަށެވެ. 

ޑރ. އަފްޒަލް މިމޭރުމުން ވިދާޅުވީ މާސްކް އަޅައިގެން ހުއްޓާ ނޭވާ ހާސްވުނަ ފަދަ ކަމެއް މެދުވެރިވެގެން ނަގަން ޖެހުނު ނަމަވެސް މާސްކް ނަގަން ނުއެނގޭނަމަ ނުނެގި ނޭވާ ހާސްވުން ފަދަ ކަމެއް މެދުވެރިވެދާނެތީ ކަމަށް ޤަބޫލުކުރެވެއެވެ. 

"މާސްކު އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ކަވަރުކުރެވިފައި ހުންނަންވާނެ، މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ، މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ޖެހޭނެ" ކަމަށާއި އަދި މާސްކު ހަދާފައި ހުންނަ ފޮއްޗަކީ އަވަހަށް ތެމޭ ފަދަ ފޮއްޗަކަށް ވެގެން ނުވާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. 

އަފްޒަލް ވަނީ މާސްކް ގަތުމަށް ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ގޭގައި އަމިއްލައަށް މާސްކް ތައްޔާރުކުރުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ. 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް