އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އާއި ގޮތަކާމެދު ސައިންސްވެރިން އިތުރު ކަންބޮޑުވުމެއްގަ!

ކޮރޯނާ ވައިރަސް އާއި ގޮތަކާމެދު ސައިންސްވެރިން އިތުރު ކަންބޮޑުވުމެއްގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ޝައިނާގެ ސައިންސްވެރިން ކުރި ތަޙްލީލްތަކަކުން ކޮރޯނާ ވައިރަސް ފެތުރިފައިވަނީ ޗައިނާގެ ވޫހާންގެ އެއްގަމު މަސް ވިއްކާ މާރުކޭޓުން ކަމަށް ނުބެލެވޭ ކަމުގެ ހެކިތައް ފެނުމުން ކޮރޯނާ ވައިރަސް ފެތުރެން މެދުވެރިވި ސަބަބު، ނުވަތަ ކޮރޯނާ ވައިރަސް ދުނިޔެއަށް އައި ގޮތަކާއިމެދު ސައިންސްވެރިން މިހާރު ތިބީ އިތުރު ކަންބޮޑުވުމެއްގައެވެ.

ބަލި ފުރަތަމަ ފެނުނީވެސް އަދި ފެތުރުނީވެސް ޗައިނާގައި ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދުނިޔޭގައި މިހައިތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 6 މިލިއަނާއި ކައިރިކުރަނީއެވެ. މިއަދުގެ އަދަދުތައް ދައްކާ ގޮތުން މިހައިތަނަށް 5,698,097 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 352،460 އަށް އަރައިފައެވެ. ބަލިން މިހައި ތަނަށް ޝިފާ ލިބިފައިވަނީ 2,443,684 މީހުންނަށެވެ.

ބަލި ކޮންޓްރޯލް ނުވެ އެންމެ ބާރަށް ފަެތުރޭ އަދި އެންމެ ގިނަ ބައަކު މަރުވެފައިވަނީ ބައްޔަށް ހަޖޫ ޖަހަމުން އައި އެމެރިކާގައެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ1،725،275

އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދުވަނި 479,969އަށް އަރައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް