އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަމެއްގެ ފަހަތުން ރަނގަޅު ގޮތްތައް މިންވަރު ނުކުރައްވަވާ އެއްވެސް މުޞީބާތެއް ﷲ މިންވަރެއް ނުކުރައްވަވާނެ!: މުފްތީ މެންކް

އެކަމެއްގެ ފަހަތުން ރަނގަޅު ގޮތްތައް މިންވަރު ނުކުރައްވަވާ އެއްވެސް މުޞީބާތެއް ﷲ މިންވަރެއް ނުކުރައްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 21 ސިކުންތު

މާލީ ދަތިތަކާއި ގުޅިގެން މިގޮތަށް ވިސްނާށެވެ! ދަތި ޙާލުގައި 3 އަހަރު ހޭދަކުރަންޖެހިފައިވާނަމަ ކުރިއަށް އޮތް 2 އަހަރަށް ބަލާށެވެ! 2022 ގައި ތަނަވަސްކަން ލިބޭނެ ކަމަށް ބަލާށެވެ! މިހެން ބުނުމުން 2023 އަހަރުދަތި އުނދަގޫ ދުވަސްތަކަކަށްފަހު އުފާވެރިކަން ނުދެއްވަވާ ހެއްޔެވެ. ރުޅި އައިސް އަދިވެސް އަހަރެން މި އިންތިޒާރުކުރަނީއެވެ ނުބުނާށެވެ! މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ބުނިވާހަކައެކެވެ. ކެތްތެރިވެ ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާނެ ދުވަހަކަށް އިންތިޒާރުކުރުމަށް ހިތްވަރު ދިނުމަށް ބުނި ބަހެކެވެ. އަދި އެކަން އެއިގެ ކުރިންވެސް ހިންމަވައި ދެއްވަވައިފާނެއެވެ.  

ފެންނަންހުރި ހުރިހާ ފޮތްތަކެއް ބަލައި ކިޔާށެވެ! ބައިބަލްވިޔަސް ކީރިތި ޤުރްއާނުންވެސް ބެލި ނަމަވެސް އަބަދުވެސް ފެންނަން އޮންނާނީ ކޮންމެ މުޞީބާތަކަށްފަހު އުފާވެރިކަން މިންވަރުކޮށް ދެއްވެވި ކަމެވެ. ޔޫސުފްގެފާނުގެ ސިޔަރަތު ބަލާށެވެ! 7 އަހަރު ބޮޑެތި މުޞިބާތުގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަން ދާއިމަށް ދެމި އޮތް ހެއްޔެވެ؟ 

ﷲ ތަޢާލާ ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ އެހިސާބުން އެކަން ނިންމައި ނުލާށެވެ! އެ ނިޢްމަތުގެ ބޭނުން ތިބާ ހިފާ ގޮތް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ކިތަންމެ ކުޑަ ނިޢްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް ޝުކުރުވެރިވާށެވެ! 

ޔަޤީންކުރާށެވެ! އެކަމެއްގެ ފަހަތުން ރަނގަޅު ގޮތްތައް މިންވަރު ނުކުރައްވަވާ އެއްވެސް މުޞީބާތެއް ﷲ ތަޢާލާ މިންވަރެއް ނުކުރައްވަވާނެތެވެ. ވީމާ (ކިތަންމެ ދަތިޙާލުގައި ވެސް) ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން ތިބާއަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެންދާނެއެވެ! 

މުފްތީ މެންކް 

މިއީ އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ވާހަކަފުޅެކެވެ! ވިދާޅުވެފައި އެވަނީ މިފަދަ ދަތި ދުވަސްވަރެއްގައި ކިތަންމެ ކުޑަކުޑ ނިޢްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް އެކަމަށް އުފާކޮށް ޝުކުރުވެރިވުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ޝަކުވާކޮށްގެން ނުވާނެ ވާހަކައެވެ! 

މިއަދު އެންމެންނަށް ވެސް މިވަނީ ވަރަށް ދަތިހާލުގައި އުޅެން ޖެހިފައެވެ. އެކަމާއިމެދު ވިސްނައި ފިކުރުކުރާ މީހަކަށް އެހެންކަމެއް ކުރާނެ ހިނދުކޮޅެއްވެސް ނުލިބޭނެއެވެ! 

އެއިގެ ބަދަލުގައި ވިސްނަންވީވެސް އުންމީދުކުރަންވީވެސް މިދަތި ޙާލަތު އަބަދު ދެމި ނުއޮންނާނެ ކަމާއި މިޙާލަތު ފިލުއްވަވައި ދެއްވަވައި އުފާވެރިކަން މިންވަރުކުރައްވަވާނެ ކަމެވެ. ތަނަވަސްކަން ވެސް މިންވަރުކުރައްވަވައި ދެއްވަވާނެ ކަމެވެ. ޔަޤީންކުރަންވީ މިންވަރުކޮށްދެއްވަވާނެ ނިޢްމަތްތައް ކުރިން ލިބިފައިވީ ނިޢްމަތްތަކަށްވުރެ މާފުރިހަމަވާނެ ކަމެވެ. 

އަދި ކީއްހެއްޔެވެ؟ އެއްވެސް މީހަކަށް މިދުނިޔޭގައި ދެއްވަވަން ލިޔުއްވަވާފައިވާ ކިތަންމެ ކުޑަ ނިޢްމަތެއްވެސް ނުލިބި އެއްވެސް މީހަކު މަރު ނުވާނެކަން އެއީ މުސްލިމުން އަބަދުވެސް ޔަޤީންކޮށްގެން ތިބެންޖެހޭ ކަމެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް