އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ!: ޑރ. ޝަހީމް

ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ހުރިހާ ތަނަކަށް ލުއިދޭއިރު ސަމާލުކަން ދޭން ޖެހޭ ކަންކަމަށްވުރެ ސަމާލުކަން ދީގެން މިސްކިތްތައް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލަން ޖެހޭނެ ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ! 

"ހުރިހާ ތަނަކަށް ލުއިދޭއިރު މިސްކިތްތައްވެސް ހުޅުވާލަން ޖެހޭނެ! ހުރިހާ ތނަކަށް ލުއިދޭއިރު އެއްވެސް މިސްކިތެއް ބަންދުކޮށްފައި ބެހެއްޓުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން! ސަމާލުކަން ދޭން ޖެހޭ ކަންކަމަށްވުރެ ސަމާލުކަން ދީގެން މިސްކިތްތައް ބޭނުން ކުރެވޭނެ ގޮތަށް ހުޅުވާލަން ޖެހޭނެ! ހަމަޔަޤީނުންވެސް މަސް މާރުކޭޓަށްވުރެ މިސްކިތްތައް ސާފުތާހިރުވާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން!" 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްވެސް މިރޭ ވަނީ މަޖިލީހުގެ އިދާރާ ހުޅުވައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާއިރު މިސްކިތްތައް ވެސް ހުޅުވާލަން ގޮވާލައްވައިފައެވެ.

" ބައެއްގެ ޕްރެޝަރަށް އެއްވުންތައް ބާއްވަން ހުއްދަދޭނަމަ މިސްކިތްތައް ހުޅުވުމަށް ރައްޔިތުން ކުރާ ޕްރެޝަރަށް އިޖާބަ ދިނުމަށް ޑރ. މުހައްމަދު އިޔާޟް އެޗްޕީއޭއަށް ގޮވާލައްވައިފިއެވެ. 

ޑރ. އިޔާޟް ވިދާޅުވީ ޤާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަވާން ޖެހޭނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަސްވުމުން ވަކިގޮތެއް އޮވެގެން ނުވާނެ ކަމަށެވެ!"

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް