އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފީގެ ބޮޑު ބައެއް މަޢާފްކޮށް ފުރަބަންދަށްފަހު ކިޔެވުން ފަށަން ނިންމައިފި

އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފީގެ ބޮޑު ބައެއް މަޢާފްކޮށް ފުރަބަންދަށްފަހު ކިޔެވުން ފަށަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ފީގެ ބޮޑު ބައެއް މަޢާފްކޮށް ފުރަބަންދަށްފަހު ކިޔެވުން ފަށަން އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

އައިޔޫއެމްގެ ނޫސްބަޔާން:

މުޅި ދުނިޔެއަށާއި ދިވެހިރާއްޖެއަށް ދިމާވެފައިވާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް19) ގެ ކާރިސާގެ ސަބަބުން ދުނިޔޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.  އެހެންކަމުން، މި ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ މަޤްޞަދުގައި ޔުނިވަރސިޓީގައި ހިންގާ ހުރިހާ ކޯސްތަކެއްގެ، 2020 ވަނަ އަހަރުގެ ޖުމްލަ ޓިއުޝަން ފީގެ 20 (ވިހި) އިންސައްތަ ދަރިވަރުންނަށް މަޢާފުކޮށްދިނުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ވަނީ ނިންމާފައެވެ. 

އަދި ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން އޮންލައިންކޮށް ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ދަރިވަރުންގެ ފީ އިން 20 (ވިހި) އިންސައްތަ މަޢާފްކޮށްދިނުމާއި ސަރުކާރާއި އަމިއްލަ އެކި އެކި މުއައްސަސާތަކާއި ކުރެވުނު މަޝްވަރާތަކުން، ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށް ލުއިތަކެއް ހޯދައިދެވިފައިވާކަން ފާހަގަ ކުރަމެވެ.

އަދި ދަންނަވަމެވެ. މި ފުރަބަންދުގެ ހާލަތައްފަހު 29 މެއި 2020 ވާ (ހުކުރު) ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ  ޔުނިވަރސިޓީގެ ހުރިހާ ކުއްލިއްޔާ / ސެންޓަރު ތަކުން 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ހިންގާ ކޯސްތަކުގެ ކިޔެވުން އަލުން ފެށިގެންދާނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ