އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަމުންވެސް އެނގިގެންދަނީ މި ފަސްގަނޑަށް ﷲ ގެ ރަޙްމަތް އޮތް މިންވަރު! ޝުކުރުވެރިވުން އިތުރުކުރައްވާ!

މިކަމުންވެސް އެނގިގެންދަނީ މި ފަސްގަނޑަށް ﷲ ގެ ރަޙްމަތް އޮތް މިންވަރު! ޝުކުރުވެރިވުން އިތުރުކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިއަދު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ދައުރުކުރަމުން ދިއަ ފޮޓޯތަކުގެ ތެރޭގައި ހުޅުމާލޭ ބާބަކިޔުސަރަހައްދުގައި ހުރި ކަރާވެޔޮތަކުގައި ކަރާއަޅާފައިވާ މަންޒަރު ހިމެނެއެވެ. މި މިވެޔޮތައް ހެދި ކަރާއަޅާފައި މިވަނީ އެ ވެޔޮތައް ހައްދަން އެއްވެސް މީހަކު އެއްވެސް މަސައްކަތަކެއް ކޮށްގެނެއް ނޫނެވެ! ހަމައެކަނި ކުރި ކަމަކީ ގެއްލުން ނުދިނުމެވެ. ގޯނާ ނުކުރުމެވެ! 

ތަންކޮޅެއް ފުންކޮށް ވިސްނަވައިލައްވާށެވެ! ފެނިގެން މިދަނީ މި ދިވެހި ފަސްގަނޑަށް މާތް ﷲ ގެ ރަހްމަތްފުޅު އޮތް މިންވަރެވެ! އޮށް އުކާލުމުން ގަސްފަޅައި އެއިން މޭވާ ލިބެމުން އަުމަކީ ކުޑަ ރަޙްމަތެއް ނޫނެވެ! 

ކޮރޯނާ އާއި ގުޅިގެން ލޮކްޑައުންކޮށް ބޭރަށް ނުނުކުމެވޭ ގޮތް ހެދުމުން ގެއްލުން ދޭން މީހުންނަށް އެތަނަށް ނުދެވުން ފިޔަވައި ގަސްތައް ހައްދަން އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި އެވަނީ ގަސްތައް ހެދި މޭވާ ލިބިފައެވެ. 

ހިތާމައަކީ ރަށްރަށުގައި މީހުން ބުރަ މަސައްކަތުން ހައްދާ ގަސްތަކަށް ގެއްލުން ދެވޭ ކަމެކެވެ. ތިމާއަށް އެއްވެސް ގެއްލުމެއް ނުކުރާ ގަސްތައް އުފުރައި އުކައިލެވޭ ކަމެވެ! މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކޮށް އަތްފައިން ހެޔޮ އަމަލު ނޫނީ ނުކުރަމާތޯއެވެ! 

ހިޔާ ލިބޭ ގަސްތަކާއި މޭވާ އަޅާ ގަސްތައް ހެއްދުމަކީ ޘަވާބު ލިބޭ އަޅުކަމެކެވެ. އެފަދަ ގަސްތަކަށް ގެއްލުން ދިނުމަކީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ޢަމަލެކެވެ. 

The Prophet (peace and blessings be upon him) is reported to have said,

 “Whenever Muslims plant a tree, they will earn the reward of charity because of the food that comes from it; and likewise what is stolen from it, what the wild beasts eat out of it, what the birds eat out of it, and what people take from it is charity for them”

 (Muslim).

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު