އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާގެ ސަބަބުން ކެންސަލްވި ޑޮކްޓަރާއި ނަރުހެއްގެ ކައިވެނި ކުރީ، ހޮސްޕިޓަލު ތެރޭގަ!

ކޮރޯނާގެ ސަބަބުން ކެންސަލްވި ޑޮކްޓަރާއި ނަރުހެއްގެ ކައިވެނި ކުރީ، ހޮސްޕިޓަލު ތެރޭގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ކޮރޯނާ ވައިރަސް އައުޓްބްރޭކްގެ ސަބަބުން ކެންސަލްވި ޑޮކްޓަރަކާއި ނަރުހެއްގެ ކައިވެނި، އެމީހުން މަސައްކަތް ކުރާ ހޮސްޕިޓަލު ތެރޭގައި ކޮށްފިއެވެ. 

ޖަން ޓިޕިންގ (34އ.) އަނަލަން ނަވަރަތުނަމް (30އ.) ކައިވެނި ކޮށްފައިވަނީ ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލުގައެވެ.

އެމީހުންގެ ކައިވެންޏަށް ހާޒިރުވި މެހެމާނުން ވެސް ތިބީ ގައިދުރުކަން ދަމަހައްޓާފައި ކަމަށާއި ކައިވެނީގެ އެއް ހެކިވެރިއެއް އެކައިވެނި ލައިވް ސްޓްރީމް ކުރި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިއަހަރުގެ މާރޗް މަހު ފުރަތަމަ ބާއްވަން އުޅުނު މިކައިވެނި ކޮވިޑްގެ ސަބަބުން ކެންސަލް ވުމުން، އެންމެ ފުރަތަމަ އެދެމަފިރިން ނިންމީ މިއަހަރުގެ އޯގަސްޓްމަހަށް ކައިވެނި ފަސްކުރާށެވެ. ނަމަވެސް އަޔަރލެންޑަށް ނިސްބަތްވާ ޖަން ގެ އާއިލާއާއި ޝްރީ ލަންކާއަށް ނިސްބަތްވާ އަނަލަން ގެ އާއިލާއަށް އޯގަސްޓުމަހު ލަންޑަން އަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާނެތީ، އެދެމަފިރިން ނިންމީ މިމަހު ކައިވެނި ކުރާށެވެ.

އެދެމަފިރިން ކައިވެނި ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ