އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަވާޖީ ޙަޔާތް އުފާވެރިކުރުމުގަ ކެއްކުމާ ރަހަ މުހިންމު ދައުރެއް އަދާކުރޭ!

ޒަވާޖީ ޙަޔާތް އުފާވެރިކުރުމުގަ ކެއްކުމާ ރަހަ މުހިންމު ދައުރެއް އަދާކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ފިރިހެނުންނަކީ ޢާންމުގޮތެއްގައި ކެއުމާއިމެދު ވަރަށް "މޫޑީ"ވާ ބައެކެވެ. 2، 3 ދުވަހުން ނަމަވެސް މީރު ނޫން ކެއުން ލިބޭނަމަ ޢާންމުކޮށް ގެއިން ކައިއުޅޭ ފިރިހެނުންވެސް ގެއިން ކެއުން މަދުކޮށް ނުވަތަ ހުއްޓާލައި ރެސްޓޯރަންޓްތަކުން ކާންފެށުމަކީ ވަރަށް ޢާންމު ކަމެކެވެ. 

ވީމާ ކިތަންމެ ބުރަކޮށް އުޅެމުން ނަމަވެސް ގޭގައި ކައްކާ އެއްޗެތި ފިރިމީހާއަށް މީރުވާނެ ގޮތަށް ކެއްކޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ރަހަ ކިޔައި އިޞްލާޙްކުރަން މަސައްކަތްކުރާނީ މަދު ފިރިއެކެވެ. ގިނަ ފިރިން އަމަލުކުރާނީ ކުރިން ބުނި ގޮތަށެވެ! 

ފިރިމީހާ ކާން އިށީނީ މަސައްކަތުން އެނބުރި އައިސް ވަރުބަލިކަމާއިއެކުގައި ކަމަށްވާނަމަ ތަށިމަތި ބަލަހައްޓަންވާނެއެވެ! ކިރިޔާވެސް ވަގުތުވާނަމަ ކައިނިމެންދެން ކައިރީގައި ހުރުން އެއީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަމަ އެންމެ ބޭނުމަކުއެވެ. އެކަކު އަނެކަކަށް އެހީތެރިވެދީ ކޮންމެ ކަމެއްގައިވެސް ދެމަފިރިން އެކުގައިވުމަކީ ގުޅުން ވަރަށް ބޮޑަށް ބަދަހިވާ ކަމަކަށްވާތީއެވެ! 

މިޒަމާނަކީ ހަމައެކަނި އަނބިމީހާ ކައްކަން ޖެހޭ ޒަމާނެއް ނޫނެވެ. ކެއްކުމުގައި ދެމަފިރިންވެސް ބައިވެރިވެގެން ކައްކާ ޒަމާނެވެ! ވީމާ ކައިވެނީގެ ކުރީކޮޅުގައިވެސް ކެއްކުމުގައި ފިރިމީހާ ބައިވެރިކުރުވާށެވެ! އެއިރުން ކުދިން ލިބި މަސައްކަތް ބުރަވާ ދުވަހު ކުރިމަތިވާނެ މައްސަލަތައް މަދުވާނެއެވެ! ފުރަތަމަކޮޅު އެކަމަށް ސަމާލުކަން ނުދީފިނަމަ ފަހުން އާދަ ބަދަލުކުރުވަން ވަރަށް އުނދަގޫވާނެއެވެ!  

މީގެ އިތުރުން ކެއްކުމުގައި ފިރިން ބައިވެރިކުރުވޭ ނަމަ ރަހަ ކިޔައި "މޫޑީ" ވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ! އެކުވެރި، އުފާވެރި ޒަވާޖީ ޙަޔާތެއް ދެމެހެއްޓުމަށް މިކަންކަމަކީ ވަރަށް މުހިންމު ކަންކަމެވެ. 

މިހެން ބުނުމުން ފިރިމީހާ މަސައްކަތުން އަންނަންދެން ނުކައްކައި ގޭގައި ހުންނާނީއެއް ނޫނެވެ! އެ ބައަކު ކަންކަން ކުރަންވާނީ އެބައެއްގެ ދިރިއުޅުމާއި އެއްގޮތަށެވެ! ފިރިމީހާ އެކަނި މަސައްކަތްކުރުމާއި ދެމަފިރިން އެކުގައި މަސައްކަތްކުރުމަކީ މުޅިން ތަފާތު 2 ޙާލަތެކެވެ! ވީމާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެ ދެމަފިރިއެއްގެ ޙަޔާތުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ! 

މައުލޫމާތު: ބަދަހި ގުޅުން، ޙަޔާތުގެ ކާމިޔާބީ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް