އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާ ވެވިއްޖެކަމުގެ ޢަލާމާތްތައް!: މުފްތީ މެންކް

ތައުބާ ވެވިއްޖެކަމުގެ ޢަލާމާތްތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ފާފަކުރެވުމުން ދެރަވާ މީހާއަށް، އެމީހަކަށް ކުރެވިފައިވާ ފާތައް ހަނދާން ވުމުން ދެރަވާނެއެވެ. އަސަރުކުރާނެއެވެ. ހިތަށް ތަދުވާނެއެވެ. މިކަންކަން އިޙްޞާޞްކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ތައުބާވެގެންނެވެ. މަސައްކަތްކުރަންވީ މިބުނި މޭރުމުން ތިމާއަށް އިޙްޞާޞްކުރޭތޯއެވެ! 

އަބަދުވެސް ބުނާފަދައިން މީހަކު ތައުބާވެއްޖެ ނަމަ އެމީހާގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ވިސްނައިދީ މާޔޫސްކުރުވައިގެން އެމީހަކު ލައްވައި އިތުރު ފާފަތައް ކުރުވަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެއެވެ! ޝައިޠޯނާގެ ދަންތުރައިގައި ނުޖެހޭށެވެ! ޝައިޠޯނާ އެހަދަނީ އެންމެ ބޮޑު އެއް ދޮގެވެ! ތައުބާ ވުމުން އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ! އެއީ ހަމަ ޔަޤީން ކަމެކެވެ!

- މުފްތީ މެންކް  

" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞް ތެރި ތައުބާ އަކުން، ތިއަބައިމީހުން ﷲއަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާން ވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8)

މިއާޔަތުގައި ހިމެނޭ ދުޢާ:

رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް