އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޙާލަތުން އަރައިގަތުމަށް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!: މުފްތީ މެންކް

މިޙާލަތުން އަރައިގަތުމަށް މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

"ޔާ ﷲ! މިދަތި ޙާލަތުގައި އަޅަމެންނަށް ރަޙްމްކުރައްވަވާނދޭވެ! އިނބަ ﷲ ގެ ރަޙްމަތް އަޅަމެންނަށް ނުވާނަމަ އަޅަމެންނަކީ އެއްވެސް ބައެއް ނޫނެވެ! އެއްވެސް މުޞީބާތަކުން އަރައިގަތުމަށް އަޅަމެންގެ މައްޗަކަށް އެއްވެސް ބާރެއް ނުވެއެވެ! 

ކުރިމަތިވެފައިވާ މުޞީބާތްތަކަށް ކެތެރިވުމުގެ ކުޅަދާނަކަން އަޅަމެންނަށް މިންވަރުކޮށްދެއްވަވާނދޭވެ! އިނބަ ﷲ ގެ އިޛްނަފުޅާއި ލައިގެން މެނުވީ ހަމަ އެއްވެސް ކަމެއް ނުހިނގާނެކަން އަޅަމެން ޔަޤީންކުރަމުއެވެ. އަޅަމެންނަށް ކުރިމަތިވެފައިވާ މުޞީބާތްތަކުން އަރައިގަނެ ކުރިއަށް ދެވޭނެ މަގެއް ދެއްކެވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އަށެވެ! މި ދަތިތަކުން އަރައިގެވޭނެ މަގެއް އަޅަމެންނަށް ދައްކަވައި ދެއްވަވާނދޭވެ!" އާމީން 

- މުފްތީ މެންކް

ކުރިމަތިވެފައި މިވާ ދަތި އުނދަގޫ ޙާލަތުން އަރައިގަނެވޭނެ މަގެއް ފެނުން އޮތީ ހަމައެކަނި ﷲ ތައާލާ އެކަމަށް މިންވަރުކޮށްދެއްވެވުމެވެ! ދުނިޔޭގެ އެންމެ ބާރުގަދަ މީހުންނަކީ ތިމާމެން ކަމަށް ބުނެ ވަކާލާތުކުރަމުން އައި މީހުން މިއަދު އެވަނީ ގޮތް ހުސްވެ ނިކަމެތިވެފައެވެ. ޤަުމުގެ ރައްޔިތުންނަށް ސަލާމަތްކަން ހޯދައި ނުދެވުނުތަނުގައި އަމިއްލަ ނަފްސްވެސް ސަލާމަތް ނުކުރެވޭ ހާލަތަށް ބަލިކަށިވެ ނިކަމެތިވެފައެވެ. 

ޢިބްރަތް ޙާޞިލުކުރާށެވެ! މިހުރިހާ ކަމަކުން ވެސް އެނގިގެން މިދަނީ މުފްތީ މެންކުގެ ދުޢާގައިވާފަދައިން ﷲ ތަޢާލާގެ ރަޙްމަތް އަހަރެމެންނަށް ނުވާނަމަ އަހަރެމެންނަކީ އެއްވެސް ބައެއް ނޫން ކަމެވެ. އެއްވެސް މުޞީބާތަކުން އަރައިގަތުމަށް އަހަރެމެންގެ މައްޗަށް ހަމަ އެއްވެސް ބާރެއް ނުވާ ކަމެވެ. "ސްޕަރޕަވަރަކީ" ހަމަ އެންމެ ފަރާތެއް ކަމެވެ. "ސުޕްރީމްޕަވަރަކީ" ހަމައެކަނި ﷲ ތަޢާލާ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް