އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާމާމަކުނެއް ބައިސްކަލެއްގަ އައިސް ތުއްތު ކުއްޖަކު ޖަހައިގަނެގެން ފިލަން މަސައްކަތް ކުރާ ވީޑިއެއް!

ރާމާމަކުނެއް ބައިސްކަލެއްގަ އައިސް ތުއްތު ކުއްޖަކު ޖަހައިގަނެގެން ފިލަން މަސައްކަތް ކުރާ ވީޑިއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ޚަބަރުގައިވާ ޓްވީޓުގައި އެވަނީ ރާމާމަކުނެއް ބައިސްކަލެއްގަ އައިސް ތުއްތު ކުއްޖަކު ޖަހައިގަނެގެން ފިލަން މަސައްކަތް ކުރާ ވިޑިއޯއެކެވެ،

މިވީޑިއޯ އިން ފެންނަނީ ބައިސްކަލެއްގެ މަތީގައި އިން ތުއްތު ކުއްޖަކު ޖަހައިގަނެ ދަމަމުން ފިލަން ރާމާމަކުނެއް ދުވާ ވީޑިއޯއެކެވެ. މިމަންޒަރު ފެނިގެން މީހަކު އެދިމާއަށް ދާތަން ފެނުމުން ކުއްޖާ ދޫކޮށްލުމުން ދުވަމުން އަންނަތަންވެސް ފެނެއެވެ. 

މިހާދިސާއަކީ މީގެތަންކޮޅެއް ކުރިން ހިނގާފައިވާ ހާދިސާއެއް ނަމަވެސް ރާމާމަކުނުތަކުގެ ޢަމަލުތައް އިންޑިއާގައި މިވަގުތު ވަނީ ހައްދުފަހަނައަޅައިފައެވެ. މިދިއަ ހަފްތާގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި 4 މީހެއްގެ ސާމްޕަލް ނަގައިގެން މެޑިކަލް ކޮލެޖަށް ދިއަ މަގުމަތީގައި ޓެކްނިޝިއަން އަތުން ސާމްޕަލްތައް ޖަހައިގަނެގެން ރާމާ މަކުނުތަކެއް ފިލައިފައެވެ.

އުއްތަރު ޕްރަދޭޝްގެ މީރަތު މެޑިކަލް ކޮލެޖުގެ ގޯތިތެރެއިން ރާމާމަކުނުތައް ޖަހައިގަތް ސާމްޕަލްތައް ހުޅުވައި ނުވަތަ ހަލާކުކޮށް އެއިގައި ހުރި ލޭގެ ސާމްޕަލްތައް އޮއްސައިލުން ފަދަ ކަމެއް ކުރިކަން އަދި އެގިފައި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެފަދަ ކަމެއް ހިނގައިފިނަމަ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވެދާނެތީ މިހާރުވަނީ ސަމާލުކަން އިތުރުކޮށްފައި ކަމަށްވެސް އެޤައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ރާމާ މަކުނުތައް ރުޅިގަދަވެގެން އުޅޭ ސަބަބެއް ކަމަށް ބެލެވެނީ ލޮކްޑައުންގެ ސަބަބުން މީހުންނަށް މަގުތަކަށް ނުކުމެވޭތީ އެސޮރުމެންނަށް ކާބޯތަކެތި ލިބުން މަދުވެފައިވުމެވެ!

LOOK CLOSER — THIS IS NOT FUNNY.

The monkey is being pulled by a rope. They're likely clinging onto this toddler in a desperate attempt to escape the abuser on the other end of the leash.

Animals who are forced to perform are often abused and exploited.pic.twitter.com/DRPtbLCWD7

— PETA (@peta) May 6, 2020

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް