އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރުދޫ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް!

ނަރުދޫ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ކޮރޯނާ ވައިރަސް އަށް ށ. ނަރުދޫ އިން 11 މީހަކު ޕޮޒިޓިވްވިއެވެ. އެއިގެ ތެރެއިން 4 ވަރަކަށް މީހުން ބަލިން ރަނގަޅުވެ މިހާރު ވަނީ އެނބުރި ރަށަށް ގޮސްފައެވެ. ރޭގެ ވަގުތެއްގައި ވަނީ މޮނިޓަރިންގެ ޙާލަތުންވެސް ރަށް ނަގައިފައެވެ. 

ށ. ނަރުދޫ މޮނިޓަރިންގެ ޙާލަތަށް ގެންދަން ޖެހުމުން މާލި ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރަށުގެ ދަނޑުގެވެރިންނަށެވެ. ރޯދައަށް ހެއްދި ތަކެތިން ބޮޑުބައެއް ޖެހުނީ ވިއްކޭނެ ގޮތެއް ނުވެ ކުނިވުމުގެ ސަބަބުން އުކައިލާށެވެ! ވިއްކުނު ބައިވެސް ވިއްކަން ޖެހުނީ ވަރަށް ދަށް އަގުގައެވެ. 

"އަހަރެމެން އެންމެ ދެރަވީ ބަލި ޖެހުނު އެންމެން ރަށުން ދޮނަކުޅިއަށް ގެންދިއުމަށްފަހުގައިވެސް ހެއްދި އެތިކޮޅު ވިއްކޭނެ ގޮތެއް ހަމަނުޖެހުމުން. ބޮޑު ބައެއް ޖެހުނީ ހަމަ އުކާލަން. އަހަރެމެން ތަކެތި ހެއްދީ ކައި އިތުރުވެ ބޮޑުބައެއް ވިއްކޭވަރަށް. މޮނިޓަރިންގެ ޙާލަތުން ރަށް ނެގިއިރު  ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ސަބަބުން ދަނޑުތައް މިވަނީ "ތަޅާލާފަ"! ހަލާކުވެގެން ގޮސްފަ! މިއީ ފަޤީރު ނިކަމެތި ބައަކަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް!"

"މީގެ އިތުރުން ކޮރޯނާ ޖެހުނު އެންމެން ރަށުން ގެންދިއައިމަ ރަށުގަ މީހުން އުޅުނީ ހަމަ ޢާންމު ޙާލަތެއްގަ. ފަހުން ނެގި ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވްވީ. އެކަމަކު ދަތިކުރުމުގެ ފިޔަވަޅުތައް އެޅިވަރުން ހީވަނީ ހެއްދި ފަތްކޭލާ ކަރާ، ކިޔުކަންބާ ތަކެތިވެސް ހުރީ ކޮރޯނާއަށް ޕޮޒިޓިވްވެފައިހެން. އެކަމަކު އެތަކެތި ޓެސްޓެއްވެސް ނުކުރޭ! ރައްޔިތުންގެ ޙާލަތަށް ވިސްނި ނަމަ ހެއްދި އެތިކޮޅު ވިއްކޭނެ ކޮންމެވެސް މަގެއް ފެނުނީސް ކަމަށް ޤަބޫލުކުރެވެނީ! ވައިރަސް ފިލާވަރަށް ދޮވެގެންވެސް އޮޑި ފަހަރަށް އެރުވޭނެ ކަމަށް ޤަބޫލުކުރެވެނީ!"

ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މޮނިޓަރިންގ ޙާލަތަށް ރަށް ގެންދިއުމުން ރަށުންވެސް ކައިރި ރަށްތަކުގެ ހޮސްޕިޓަލުތަކުންވެސް ޞިއްޙީ ޚިދުމަތް ލިބުމަށް ހުރަސް އެޅުނު ކަމަށެވެ. ފޮލޯއަޕް ނުހެދިގެން ބަލިމީހުންނަށާއި މާބަނޑު އަންހެނުންނަށްވެސް ވަރަށް ބޮޑެތި ދެރަތައް ކުރިމަތިވި ކަމަށެވެ. އެއް ކުއްޖަކު މައިމީހާގެ ބަނޑަށް މަރުވާންޖެހުނުކަން ޚާއްޞަގޮތެއްގައި ފާހަގަކުރާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ސުވާލަކީ ދީފައި ހުރި ޕީޕީއީ ވަސީލަތްތައް މަތިމައްޗަށް ލައިގެންވެސް ކީއްވެގެންތޯއޭ ބަލިމީހުން ނުބަލައި ދޫކޮށްލީ.؟ ދައްކަނީ ހަމަ ހުސް ބަހަނާ! ރަނގަޅަށް ތަޙްޤީޤްކޮށްފިނަމަ ވަރަށް ބޮޑެތި އިހުމާލުވުންތަކެއް ފެނިގެންދާނެ" ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް