އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޝާރުގެ ސަރުކާރުގެ ވާގިވެރިކަމާއެކު ޝިޢީ ހަނގުރާމަވެރިން ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ މަހާނަފުޅު ކޮނެ ގެއްލުންދީފި

ބަޝާރުގެ ސަރުކާރުގެ ވާގިވެރިކަމާއެކު ޝިޢީ ހަނގުރާމަވެރިން ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ މަހާނަފުޅު ކޮނެ ގެއްލުންދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ސީރިޔާގެ ރައީސް ބަޝާރުގެ ސަރުކާރުގެ ވާގިވެރިކަމާއިއެކު ޝިޢީ ހަނގުރާމަވެރިން، ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ މަހާނަފުޅު ކޮނެ ގެއްލުންދީފި އެވެ. ޢުމަރު ބިން ޢަބްދުލްޢަޒިޒް އަކީ އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ކާފަދަރިކަލުންނެވެ.

ޢުމަރު ބިން ޢަބްދުލްޢަޒިޒްގެ ވެރިކަމުގެ މުއްދަތަކީ މުސްލިމުން ދެކެފައިވާ އެންމެ ތަނަވަސްތައް ދުވަސްތަކުގެ ގޮތުގައި ޢިލްމުވެރިން ސިފަކުރައްވައެވެ. އެކަލޭގެފާނަކީ މީސްތަކުންގެ ލޯބި ލިބިވަޑައިގެންނެވި ޚަލީފާއެއްކަން ތާރީޚުން އެނގެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޢުމަރު ބިން ޢަބްދުލްޢަޒިޒް އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދެބޭކަނބަލުން ގެންގުޅުއްވި ޚާދިމެއްގެ މަހާނަފުޅުވެސް ވަނީ ކޮނެފައެވެ. މި މަހާނަފުޅުތައް އިދްލީބްގެ ސަރަހައްދެއްގައެވެ.

ބިމުގައި ހުރި މަހާނަފުޅުކޮނެ ގެއްލުން ދެވިދާނެއެވެ! ނަމަވެސް މާތް ﷲ ގެ ޙަމްރަތުގައިވާ ފުރާނަފުޅު ވަނީ އެންމެ މަތިވެރި ނިޢްމަތުގައެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ އީރާނާއި ސައުދީން ހިންގާ މިފަދަ ހުރިހާ ޖަރީމާތަކުގެ ފަހަތުގައި ވަނީ އެމެރިކާ ކަމުގައެވެ. އެމެރިކާ އާއި އީރާނުގެ މެދުގައި އެންމެ ފަހުން ބަދަލުކުރެވުނު ހަމަލާތަކާއި ގުޅިގެންވެސް މުސްލިމުންގެ ޢާޘާރީ ތަންތަނަށް ހަމަލާދީ ނައްތައިލާނެކަމަށް އެމެރިކާއިން ބުނި ބުމުން އެކަނިވެސް އެމެރިކާގެ މަޤްޞަދު އެނގިގެންދާ ކަމަށެވެ. އަދި އެ މަޤްޞަދަކީ މުސްލިމުންގެ ހަނދާނީ ހުރިހާ ބިނާތަކެއް ނައްތައިލުން ކަމަށެވެ.

ގުޅުންހުރި ވީޑިއޯ ޓްވީޓުގައި:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް