އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމަކީވެސް ކާމިޔާބުކުރެވޭނެ ކަމެއްކަމަށް ޔަޤީންކޮށްގެން މަސައްކަތްކުރާ ނަމަ އެދޭ ގޮތަށް ހިންމަވައި ދެއްވަވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ ކަމަކީވެސް ކާމިޔާބުކުރެވޭނެ ކަމެއްކަމަށް ޔަޤީންކޮށްގެން މަސައްކަތްކުރާ ނަމަ އެދޭ ގޮތަށް ހިންމަވައި ދެއްވަވާނެ!: އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

އުފާވެރި މުސްތަޤްބަލަކަށް އެދޭ މީހާ އޭނާގެ ކުރިމަތީގައި ހުރި މައްސަލަތައް ބަހައްޓާށެވެ! ޙާޞިލުކުރަން މަސައްކަތްކުރުމުން ކާމިޔާބު ނުކުރެވިހުރި ކަންކަން މަތިން ހަނދާން ނައްތައިލާށެވެ! މިވެނިކަމެއް ޙާޞިލު ނުކުރެވޭނެކަމަށް އޮތް ވިސްނުން ދޫކޮށްލާށެވެ! ޙަޔާތުގައި ރަނގަޅު އެއްވެސް ކަމެއް މެދުވެރި ނުވާނެ ކަމަށް އެއްގޮތަކަށްވެސް ހީވެސް ނުކުރާށެވެ! އެފަދަ ހުރިހާ ފިކުރުތަކެއް މުޅިން ދޫކޮށްލާށެވެ! 

އެއަށްފަހު ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކާމިޔާބުކުރެވޭނެ ކަމެއްކަމަށް ޔަޤީންކޮށްގެން އައު ޢަޒުމަކާއިއެކު ކުރިމަތިލައި މަސައްކަތްކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ތިބާ އެދޭ ކަންކަން ތިބާ ބޭނުންވާ މަގުން ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ"

- މުފްތީ މެންކް

އިމާމް މުފްތީ މެންކުގެ ބަސްފުޅުން އެނގިގެންދަނީ ކުރަން މަސައްކަތްކުރުމުން ކާމިޔާބު ނުކުރެވި ހުރި ކަންކަމަށް ވިސްނާނަމަ އެމީހަކަށް ހުރަސްތައް ކުރިމަތިވާނެ ކަމާއި ކާމިޔާބީ ޙާޞިލުކުރެވޭނީ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ވާގިފުޅާއިއެކު ޙާޞިލުކުރަން މަސައްކތްކުރުމުން ކާމިޔާބުކުރެވޭނެ ކަމެއް ކަމެވެ. 

ހަމައެއާއިއެކު މުފްތީ މެންކް ހިތްވަރު ދެއްވައި އިލްތިމާސްކުރައްވާފައި އެވަނީ ކާމިޔާބު ނުކުރެވޭ ކަންކަމަށް ވިސްނަން ވަގުތު ހޭދަނުކުރުމަށާއި ޙާޞިލުނުކުރެވޭ ކަންކަމަށް ވިސްނުމުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި ޙާޞިލުކުރަން ބޭނުންވާ ކަންކަމަށް ސަމާލުކަންދީގެން ޙަޔާތުގެ ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރުމަށެވެ. 

ވިސްނައިލަން ޖެހޭ ކަމަކީ ޙާޞިލު ނުކުރެވޭ ކަންކަމަށް ވިސްނާނަމަ އެމީހަކަށް މާޔޫސްކަން ލިބި ނަފްސާނީ މައްސަލަތައް ކުރިމަތިވެދާނެ ކަމެވެ. އެއިގެ ބަދަލުގައި ކުރަން މަސައްކަތްކުރާ ކަމެއް ތިމާ އެދޭގޮތަށް ކާމިޔާބު ނުކުރެވިއްޖެނަމަ އެއީ ތިމާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކޮށް ﷲ ތައާލާއަށް އިތުބާރުކުރާނަމަ މާޔޫސްވާން ނުޖެހޭނެ ކަމެވެ. 

އެންމެންގެ ދިރިއުޅުމަށް ވެސް މިވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. ދަތިތައް ކުރިމަތިވެފައެވެ. ވީމާ މިފަދަ ޙާލަތުގައި ތިބިއިރު ﷲ ތަޢާލާއަށް ވަކީލުކުރުން އިތުރުކުރަން މަސައްކަތްކުރާށެވެ! ތިމާގެ ބާރު ނުހިނގާ ކަންކަމަށް ވިސްނައިގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ! 

މިރޭ ވެސް ބުނެލަން އޮތީ ހަމަ އީމާންކަން ވަރުގަދަކުރަން ގަދައަޅައި މަސައްކަތްކުރުމަށެވެ. އަހަރެމެން އެއްވެސް މީހަކީ އެއްވެސް ބާރެއް ލިބިގެންވާ މީހެއް ނޫނެވެ! ޙާޞިލުކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަންކަންކަމެވެ. ވީމާ މިފަދަ އާޔަތްތަކުން ހިތްވަރުލިބިގަންނާށެވެ! 

"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." (އަލްބަޤަރާ: 156)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް