އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްމާރުކޭޓުން މަސްގަނެވޭނެ އިންތިޒާމު ހަމަޖައްސަނީ!

މަސްމާރުކޭޓުން މަސްގަނެވޭނެ އިންތިޒާމު ހަމަޖައްސަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މަސްމާރުކޭޓޫން މަސްގަނެވޭނެ އިންތިޒާމު ހަޖައްސަމުން ގެންދާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މެންބަރަކު ވިދާޅުވެއްޖެއެވެ. 

މެދުހެންވޭރު ދާއިރާގެ މެންބަރު ނިޔާޒް ވިދާޅުވީ އޮންލައިންކޮށް މަސްގަނެވޭނެ އިންތިޒާމް ހަމަޖެއްސި ނަމަވެސް މަސްގަންނަން ގިނަ ބައަކު މާރުކޭޓަށް ދާތީ އެކަން ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖައްސަމުން ގެންދާ ކަމަށެވެ. 

"ފުލުހުންނާ ގުޅިގެން އަޅުގަނޑުމެން މިހާރު މަސައްކަތް މިކުރަނީ މަސްގަންނަން ދާ މީހުން މަޑުކޮށްގެން ތިބޭނެ ސްޕޮޓްތައް ފާހަގަކުރަން. ގިނަ މީހުން ބޭނުންވަނީ މަސް ބަލައިގެން މަސްގަންނަން. އެހެންވެ އެމީހުން މާރުކޭޓަށް އެދަނީ. އެއީ ދިވެހިން ކުރިންސުރެ އާދަވެފައި ތިބި ގޮތް! އެހެންވެ އެހެން އެ ދިމާވަނީ." 

ނިޔާޒް ވިދާޅުވީ ލޯކަލް މާރުކޭތް ހުޅުވުން ލަސްވުމުން ގިނަބައަކަށް ދަތިވެ ޝަކުވާ ކުރާ ކަމަށާއި ނަމަވެސް ހުޅުވާނެ ތަންތަން ކަނޑައެޅުމަކީ އެޗްޕީއޭއިން ކުރާ ކަމަށްވާތީ އެކަމަށް ސިޓީ ކައުންސިލުން ކުރެވޭނެ ކަމެއް ނުއޮންނަ ކަމަށެވެ. "ބުނެފަ އޮތީ 3 ވަނަ ފޭސްގަ ކަމަށް ލޯކަލް މާރުކޭޓް ހުޅުވަން ހުއްދަ ދޭނީ."

އޮންލައިންކޮށް އޯޑަރުކުރުމުން މަސް ލިބެނީ ކަނޑައި ވަރަށް ގިނައިރުތަކެއްވުމަށްފަހުގައިކަމަށްވާތީ ތާޒާކަން ގެއްލިފައި ހުންނަކަމަށް ގިނަ ބައަކު ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް