އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީޑިއޯ: މަރާލެވުނު ޖޯޖްގެ އަނބިމީހާ އާ ޢާއިލާގެ ރުއިމުގެ އަޑުން ދުނިޔެއަށް އަސަރެއް ކުރާނެބާ!

ވީޑިއޯ: މަރާލެވުނު ޖޯޖްގެ އަނބިމީހާ އާ ޢާއިލާގެ ރުއިމުގެ އަޑުން ދުނިޔެއަށް އަސަރެއް ކުރާނެބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ދަރިފުޅުގެ މަންމައާއި ޢާއިލާގެ ވޭނީ ރުއިމުގެ އަޑު އައްސަވައިލައްވާށެވެ! ވީޑިއޯގައި އެވަނީ ކަޅު ފުލުހަކަށްވީތީ ދޮން ފުލުހކު މަރައިލި ޖޯޖްގެ އަނބިމީހާ، ދެމަފަރިންގެ އުމުރުން 6 އަހަރުގެ އަންހެން ދަރިފުޅުގެ މަންމަ ފުރަތަމަ މީޑިއާތަކަށް ދިން ޓީވީ ކެމެރާ ކުރިމަތީގައި ދެއްކި ވާހަކައެވެ. އޭނާއަށް ގިސްލައި ރޮވެން ފެށުމުން ފަހަތުން ދަރިންގެ ރުއިމުގެ އަޑު އިވިގެންދެއެވެ. 

އޭނާއަށް މާގިނަ ވާހަކަތަކެއް ނުދެއްކުނެވެ. ހަމައެކަނި ބުނެލެވުނީ ޖޯޖްގެ އަންހެން ދަރިފުޅު ދެން ޖޯޖަށް ނުފެންނާނެ ވާހަކައެވެ. ދަރިފުޅު ހޯދާ އެއްވެސް ކާމިޔާބީއެއްވެސް ނުފެންނާނެ ވާހަކައެވެ. އަދި މިކަމުގައި އިންޞާފު ބޭނުންވާ ވާހަކައެވެ. 

ރާއްޖޭގައި މީޙުންނަށް ޙަމަލާދި މަރަނީ ނަސްލީ މައްސަލައެއްގައި ކަމަށް ނުވެދާނެއެވެ! ކޮންމެ މައްސަލައެއްގައި މަރާލި ނަމަވެސް މައިންބަފައިންނަށާއި ޢާއިލާއަށް ހަމަ މިފަދަ އަސަރުތައް ކުރާނެއެވެ! 

ހިތާމައަކީ މިފަދަ އަނިޔާވެރި ޢަމަލުތައް ކުރުން ނުހުއްޓައި ދުނިޔޭގައި ކުރިއަށް ގެންދާ ކަމެވެ. ކަޅުމީހަކަށް ވީތީ އަނިޔާކޮށް މަރައިލެވޭކަމެވެ. މުސްލިމަކަށްވީތީވެސް އަނިޔާކޮށް މަރައިލެވޭ ކަމެވެ. ﷲ ތަޢާލާ އެންމެހައި އިންސާނުން އުފެއްދެވީ ހަމަހަމަކަމާއިއެކުގައިކަން ޤަބޫލު ނުކުރެވޭ ކަމެވެ. 

މިފަދަ ކަންކަމުން ލިބޭ ހިތްދަތިކަން އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ހިތްދަތިކަމެއް އިޙްޞާޞްކުރަން ޖެހުމުންނެވެ. ފާޑުކިޔަން ފަސޭހަވާނެއެވެ. ނަމަވެސް އެކަމެއްގެ ވޭން އިޙްޞާޞްކުރަން ޖެހުމުން އެކަމަށް ކެތްތެރިވެވެނީ މަދުމީހެކަށެވެ. 

ޛޯޖަށް އިންޞާފު ލިބިދާނެ ކަމުގެ އުންމީދުތައްވެސް އަދި ވަރަށް ކުޑައެވެ. އެއީ ޤަޞްދުގައި މީހަކު މެރި ކަމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރާނެ ކަމުގެ ޔަޤީންކަން އަދިވެސް ނެތުމުންނެވެ. 

ގުޅުންހުރި ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް