އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގެ ކަޅު މީހުންގެ ގިނަ ބައަކު އިސްލާމްވީ ޢަރަބީއަކަށްވީތީ ޢަޖަމީއެއްގެ މައްޗަށް ގަދަވެ ނުގަނެވޭތީ!

އެމެރިކާގެ ކަޅު މީހުންގެ ގިނަ ބައަކު އިސްލާމްވީ ޢަރަބީއަކަށްވީތީ ޢަޖަމީއެއްގެ މައްޗަށް ގަދަވެ ނުގަނެވޭތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ދާދިފަހުން ކުރި ދިރާސާތަކުން އެނގޭ ގޮތުގައި އެމެރިކާގެ މުސްލިމުންގެ ފަސްބައިކުޅަ އެއްބައި ނުވަތަ 20 އިންސައްތައަކީ ކަޅު ނަސްލުތަކުގެ މީހުންނެވެ. މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އިސްލާމްވީ އިސްލާމް ދީނުގައި އޮތް އެންމެން ހަމަހަމަ ސިޔާސަތުގެ ސަބަބުންނެވެ. 

އަދި އެންމެއުފާވެރި އެއްކަމަކީ އެމީހުންނަކީ ހަމައެކަނި ނަމެއްގައި މުސްލިމުންނެއްވެސް ނޫން ކަމެވެ. އިސްލާމް ދީނަށް ލޯބިކުރާ، އަދި ޢަމަލުކުރާ މުސްލިމުންކަމެވެ.  

އެމީހުން އިސްލާމް ދީން ޤަބޫލުކުރި އެންމެބޮޑު އެއް ސަބަބަކީ އިސްލާމް ދީނުގައި ވަކި ނަސްލަކަށް ނިޞްބަތްވުމުން ނުވަތަ ހުންނަ ސިފައަކުން އެއްވެސް މަތިވެރިކަމެއް ނެތް ކަމަށް އޮންނައޮތުމެވެ. އެހެންކަމުން ރަސޫލް (ޞޢވ)ގެ މި ހަދީޘްފުޅު އެމެރިކާގެ ވަރަށް ގިނަ މުސްލިމުން ހިތުދަސްވާނެއެވެ. 

“All mankind is from Adam and Eve, an Arab has no superiority over a non-Arab, nor a non-Arab has any superiority over an Arab; also a white has no superiority over black, nor a black has any superiority over white except by piety and good action.” – Prophet Muhammad (Peace be upon Him).

ކޮންމެ ކަމެއްގައިވެސް އެންމެ މަތިވެރިވެގެންވާ އަދި މީސްތަކުންނަށް އެންމެ ފައިދާކުރާނެ ހަމަ ޢާއި އުޞޫލުތައް ބަޔާންވެގެންވަނީ ކީރިތި ޤުރްއާނުގައެވެ. ﷲ ތައާލާގެ ވާގިފުޅާއިއެކު އިސްލާމްދީން ދާނީ ކުރިއަރަމުންނެވެ! އެކަމުގެ ފައިދާ އެންމެހައި މީސްތަކުންނަށް ދާނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް