އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެބޮޑެތި ފާފަތަކުގެ ތެރެއިން 3 ފާފައެއް ޢާންމުވެ ކުރަން ބިރުވެސް ކަނޑާލައިފި! ސުބްޙާނަﷲ!

އެންމެބޮޑެތި ފާފަތަކުގެ ތެރެއިން 3 ފާފައެއް ޢާންމުވެ ކުރަން ބިރުވެސް ކަނޑާލައިފި! ސުބްޙާނަﷲ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

އެއްވެސް ބިރެއް ނެތި އެންމެ ބޮޑެތި ފާފަތައް ކުރާ މީހުން ދަނީ ގިނަވަމުންނެވެ. މި ފަދަ ފާފަތައް ކުރުން ޢާންމުވެފައިވާވަރުން މިއީ އިސްލާމް ދީނުގައި ހުރި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަކަން ޤަބޫލު ނުކުރާ ބައަކު އުޅޭކަމަށް ވެސް މިވަނީ ޤަބޫލުކުރަން ޖެހިފައެވެ.

އެގޮތުން ބަލާއިއރު މިހާރު އެންމެ ބޮޑަށް އިތުރުވަމުން ދަނީ ވައްކަންކުރުމާއި ބަނގުރާ ބުއިމާއި ޒިނޭކުރުމެވެ. 

މި ބަޔާންކުރި ފަދަ ބޮޑެތި ފާފަތައް ކުރަން ފުރުޞަތު ދޭ މައިންބަފައިން އެބަތިއްބެވެ. ފުރުޞަތު ދިނުމުގެ އިތުރުން ދަރިން ލައްވައި އެފަދަ ފާފަތައް ކުރުވާ މައިންބަފައިންވެސް މަދެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި އެފަދަ ފާދަތައް ކުރުމުން ނޫނީ ދަރިންގެ ޝަޚްޞިއްޔަތުވެސް ފުރިހަމައެއް ނުވެއެވެ. 

އެހެންކަމަށްވާއިރު ބިރެއް ނެތި ފާފަތައް ކުރެވޭ މީހުން މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! 

Prophet Muhammad (ﷺ) said: 

"If your good deeds make you happy and your bad deeds make you sad, then you are a Believer." 

Musnad Aḥmad 21695

ލޮބުވެތި އަޚުންނާއި އުޚުތުން ވިސްނައިލާށެވެ! ފާފަކުރަން ޖެހިލުން ނުވާމީހާގެ އީމާންކަމާއިމެދު ސުވާލު އުފެދެއެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ "ހެޔޮ ޢަމަލެއް ކުރެވުމުން ހިތްހަމަޖެހުން ލިބިފައި އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭނަމަ އެމީހަކީ އީމާންތެރިއެއް" ކަމަށެވެ. 

ވީމާ ފާފައެއް ކުރެވުމުން ކުރެވުނު އެ ޢަމަލާއިމެދު ދެރަވެ ހިތާމަ ނުކުރެވޭނަމަ އެމީހަކީ އީމާންތެރިކަން ލިބިގެން ހުރި މީހެއް ކަމަށް ބުނަންއުނދަގުލެވެ. އެއީ އިމާންތެރިންނަކީ " އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭ" މީހަކަށް ވާންޖެހޭ ކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ޙަދީޘްފުޅުގައި އެވާ ދެ ސިފަ މީހާގެ ކިބައިގައި ހަރުލެއްވެވިއްޖެ ނަމަ މާތް ﷲ ވާފުޅާއިއެކު އެމީހާއަށް ސުވަރުގެ ދެއްވަވާނެއެވެ. "ހެޔޮ ޢަމަލެއް ކުރެވުމުން ހިތްހަމަޖެހުން ލިބޭ އަދި ނުބައި އަމަލެއް ކުރެވުމުން ހިތްދަތިކަން ލިބޭ" އީމާންތެރިއަކުކަމުގައި ވުމަށް ގދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ކާމިޔާބީއަކީ އެކަމަށް އެދި އިކްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހާގެ ޙައްޤެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް