އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ ބިރުވެރިކަމުގެ ޚަބަރުތައް ޤުރްއާނުގެ އެތައް އާޔަތެއްގައި މިފަދަ މޭރުމުންވާއިރު ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟

ނަރަކައިގެ ބިރުވެރިކަމުގެ ޚަބަރުތައް ޤުރްއާނުގެ އެތައް އާޔަތެއްގައި މިފަދަ މޭރުމުންވާއިރު ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އަހަރެމެން އެންމެންވެސް ކީރިތި ޤުރްއާން ކިޔަވަމުއެވެ. މާނަވެސް ކިޔަމުއެވެ. ނަމަވެސް ސުވާލަކީ 

އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ! ނަރަކައިގެ ބިރުވެރިކަމުގެ ޚަބަރުތައް ޤުރްއާނުގެ އެތައް އާޔަތެއްގައިވާއިރު ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟

އެވާހަކަތައް އެހައި ތަފްޞީލުކޮށް ބަޔާން ކުރައްވަވާފައި އެވަނީ އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ނަރަކަ ޢާއިމެދު ބިރުވެތިވުމަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދެއްވަވާ އިންޒާރެއްގެ ގޮތުގައެވެ. އަދި ކީއްހެއްޔެވެ؟ އެފަދަ ފާފައެއް ކުރެވުނު ނަމަވެސް އަވަސް އަވަހަށް ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވައި ފާފަތަކުން ސަލާމަތްވާން ޖެހޭކަން ބަޔާންކުރެއްވެވުމަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! 

"އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!

ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.

އަދި ނަރަކައަށް ވެއްދެވުމެކެވެ.

ހަމަކަށަވަރުން، މިއީ ޔަޤީން ވެގެންވާ ޙައްޤު ތެދުކަން ކަށަވަރެވެ."

(އަލްވާޤިޢާ: ،92،93،94،95)

ނަރަކައިގެ އަލިފާނުގެ ހޫނުމިން ދުނިޔޭގައި މިގެންގުޅޭ އަލިފާނަށްވުރެ 69 ދަރަޖަ އިތުރަށް ހޫނުކަން އެބައެނގެއެވެ. ދުނިޔޭގައި މިގެންގުޅޭ ހޫނުފެނުގެ ކުޑަ މިންވަރެއް ގައިގައި ބީހިލި ނަމަވެސް ވެގެންދާ ގޮތް އެބަ އެނގެއެވެ. ވީމާ 69 ދަރަޖަ އިތުރަށް ހޫނުފެން އެމީހެއްގެ ގައަށް އަޅައިލެވުމުން ދެން ވެގެންދާނެގޮތާއިމެދު ބިރުވެތިވާށެވެ! 

އަދިވެސް ވަޙީ ކުރައްވަވާފައިވއެވެ. 

އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިއަބައިމީހުން ޒައްޤޫމް ގަހުން ކާނޭކަން ކަށަވަރެވެ.

ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.

ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.

ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ.

ޤިޔާމަތްދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.

(އަލްވާޤިޢާ: 52،53،54.55،56)

ޒައްޤޫމްކައި ބަނޑުތައް ފުރަނީއެވެ. އަދި އެއިގެ މައްޗަށް ކެކިކެކި ހުންނަ ހޫނުފެން ބޯންވެސް ބޯނެއެވެ. އެހައި ހޫނު ގަދަ ނަމަވެސް ފެންބޮވައިގެންފައިވާ ޖަމަލުތަކަށް ފެން ލިބުމުން ބޯނެފަދައިންނެވެ. 

ހަނދާންކުރާށެވެ! މިކަންކަމަކީ އެންމެފަހަރަކު ކުރިމަތިވާނެ ކަންކަމެއް ނޫނެވެ. ނަރަކައި އޮންނަން ޖެހުނުހައި ދުވަހަކު ތާއަބަދު ތަކުރާރުވަމުންދާނެ ކަންކަމެވެ. 

ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ހަމަ އެންމެންވެސް އަޑުއަހަމުއެވެ. ނަމަވެސް ހިތާމައަކީ އެވަގުތުގައި ހިތަށް ބިރުވެރިކަން ވަންނަމަވެސް އަޑުއަހައި ނިމުމުން ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަންކަން ހަނދާނުގައިވެސް ނުހުންނަ ކަމެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ފެންވަޜާއި ގާތަކަށްވެސް ނުކުރެވޭ ކަމެވެ. 

އެހެން އެކަން މެދުވެރިއެވަނީ ހަމަ އީމާންކަން ކުޑަކަމުންނެވެ. ބިރުވެތިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ބިރުވެތިނުވެވޭތީއެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ، އެމީހާގެ ހިތުގައި ބިރުވެތިކަން އިތުރުކުރަން ކުރާ މަސައްކަތް ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް