އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނާ ފިރިހެނުން ވެސް ތަޤްވާގެ ފޭރާމުން ފޭރާން ލުމަކީ ޤުރްއާނުގަ ބަޔާންވެގެންވާ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް

އަންހެނުންނާ ފިރިހެނުން ވެސް ތަޤްވާގެ ފޭރާމުން ފޭރާން ލުމަކީ ޤުރްއާނުގަ ބަޔާންވެގެންވާ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ސޫރަތުލްއަޢްރާފްގެ ވަރަށް ގިނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީ "އޭ އާދަމްގެ ދަރީންނޭވެ!"މިއީ ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ ވަރަށް މަތިވެރި ޝަރަފެކެވެ. ﷲ ތައާލާ އާއި މީސްތަކުން ކުއްތަން ކުރެއްވެވުމުގެ ގޮތުން ވަޙިކުރައްވަވާފައިވާ ޢިބާރާތެކެވެ. 

"އޭ އާދަމްގެ ދަރިންނޭވެ! ތިއަބައިމީހުންގެ އަޢުރަ ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާ ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲ ގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ." (އަލްއަޢްރާފް: 26) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ މުސްލިމުން ހެދުން އަޅަންޖެހޭ ގޮތެވެ. ﷲ ތަޢާލާ ވަޙިކުރައްވަވާފައި އެވަނި ތަޤްވާގެ ފޭރާމުން ފޭރާންލުމަށެވެ. ފޭރާން ލާންޖެހޭ ބޭނުމަކީވެސް ހަމަ އެއީއެވެ. ނަމަވެސް މިއަދު ފޭރާން މިލަނީ ކިހިނަކުން ހެއްޔެވެ؟ ފޭރާންމިލަނީ ހަށިގަނޑު ހާމަކުރުމަށެވެ! ހަށިގަނޑު ދެއްކުމަށެވެ! 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ހަށިގަނޑު ހާމަކުރުމަށާއި ހަށިގަނޑު ދައްކަން ފޭރާން ލައި އުޅޭ ބައަކު އުޅޭނެ ކަމަށާއި އެއީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށެވެ. 

މީސްތަކުންނޭވެ! ތިބާ ފޮރުވަން ޖެހޭ ތިބާގެ އަޢުރަ، ގުނަވަންތައް ހާމަކުރަން، ހާމަވާ ގޮތަށް ފޭރާން ލައި އުޅޭ ބައަކު ކަމުގައި ނުވާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ފަދައިން ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލާށެވެ! ތަޤްވާވެރިކަމުގެ ފޭރާމުން ފޭރާންލުމަކީ ފޮރުވަން، ހާމަނުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ބައިތައް ހާމަނުވާނެ ގޮތަށް ފޭރާންލުމެވެ. 

އަދި ހަމައެފަދައިން މިއާޔަތުގައި "ލިބާސުއްތަޤްވާ" އެވެ އޮތް ވަޙީ ބަސްފުޅުގެ މާނައިގައި ތިބާގެ އަޚްލާޤާއި ކުރާ އަމަލުތައް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ގޮތަށް ބެހެއްޓުންވެސް ހިމެނިގެންވެއެވެ! ވީމާ މުޅި ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމަކުން ނުވަތަ ތުބުޅި ދިގުކުރުމަކުންއެކަނި ނުފުދެއެވެ. މީހާ ކުރާ ހުރިހާ ޢަމަލުތަކާއި ބުނާ ބަސްތައް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބެހެއްޓުމުން ނޫނީ ތަޤްވާގެ ފޭރާން ލެވުނު ކަމަކަށް ނުވާނެއެވެ. 

ތަޤްވާގެ ލިބާސް ލެވުނުކަމަށްވާނީ އަޅުކަންވެސް ﷲ ތަޢާލާ އަންގަވާފައި ގޮތަށް ކުރަމުން ގެންދިއުމުންނެވެ. ދީނުގެ ފަރުޟުތަކާއި ސުންނަތްތައް އަދާކުރަމުން ގެންދިއުމުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް