އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރުދޫ މާބަނޑު މީހާއަށް ކުރިމަތިވި ފަދަ ޙާލަތު ކުރިމަތިވާން ނައިބް ރައީސް ބޭނުންފުޅެއް ނުވޭ!

ނަރުދޫ މާބަނޑު މީހާއަށް ކުރިމަތިވި ފަދަ ޙާލަތު ކުރިމަތިވާން ނައިބް ރައީސް ބޭނުންފުޅެއް ނުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ދާދިފަހުން ށ.ނަރުދޫ މާބަނޑު އަންހެނަކަށް އިހްމާލްވި ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަ އާއި އަދި މާބަނޑު އަންހެނުންނަށް ކުރިމަތިވަމުން އަންނަ އެނޫންވެސް އެފަދަ އްސަލަތައް ކުރިމަތިވާން ބޭނުންފުޅު ނުވާކަން ނައިބް ރައީސް ފައިޞަލް ނަސީމް ހާމަކުރައްވައިފިއެވެ. 

ދިމާވާ ކުއްލި ޞިއްޙީ ޙާލަތްތަކުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި އަތޮޅުތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވަން އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި 

ފައިޞަލް ނަސީމް ވަނީ ޚާއްޞަގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. 

މި ބައްދަލުވުމުގައި ފައިޞަލް ނަސީމް ވަނީ ޚާއްޞަކޮށް އެމެޖެންސީކޮށް ފަރުވާ ދޭންޖެހޭ ޙާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެގޮތަށް ވަޞީލަތްތަކާއި އެހެނިހެން ކަންކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށްވެސް ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. 

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. 

މީގެ އިތުރުން އަތޮޅުތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި، ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިނިސްޓަރ އޮފް ހެލްތް ޢަބުދުﷲ އަމީންއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ކަމާބެހޭ ބައެއް އިސްފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މިހާރު ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް، ރަނގަޅުކުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ޙިއްޞާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ޙައްލުކޮށް އަވަސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް