އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍- ދެވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍- ދެވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 22 މިނެޓް, 22 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު 

 

މައްސަލައިގެ އަސްލު ސަބަބަބު: 

މިމައްސަލައިގެ އަސްލު ބިނާވެފައި ވަނީ، ޙަންބަލީ މަޛްހަބުގެ ވަރަށް ފުންނާބު އުސް އިމާމެއް ކަމުގައިވާ އިމާމު އިބްނި ތައިމިޔާގެ (661-728ހ) ރައުޔެއްގެ މައްޗަށެވެ. އެކަލޭގެފާނުންގެ ފޮތް އަލްފަތާވާގައި ވިދާޅުވެފައި ވެއެވެ. ]أَنَّ الدُّعَاءَ لاَ يُشْرَعُ بَعْدَ الصَّلاَةِ وَإِنَّمَا مَحَلُّ الدُّعَاءِ فِي الصَّلاَةِ لاَ خَارِجِهَا[ މާނައީ: ޝައްކެއްނެތި ދުޢާކުރުމަކީ ނަމާދުފަހުން މަޝްރޫޢުވެގެންވާ ކަމެއް ނޫނެވެ. މިހެނީ ދުޢާގެ  މަޤާމަކީ ނަމާދުގެ އެތެރެއެވެ. އޭގެ ބޭރުގައެެއް ނޫނެވެ. ދެން ވިދާޅުވަނީ ޙަދީޘުތަކުގައި ]فِي دُبُرِ الصَّلاَةِ [ ނަމާދުގެ ފަހުގައި ދުޢާކުރުމަށް އައިސްފައިވާ ބަސްފުޅުތަކުގެ މުރާދަކީ ނަމާދުގެ ފަހުކޮޅެވެ. ]لِأَنَّ دُبُرَ كُلِّ شَيْءً جُزْءٌ مِنْهُ كَدُبُرِ الْحِمَارِ[ (މިހެނީ ކޮންމެ އެއްޗެއްގައި ވެސް ދުބުރު ކިޔަނީ އެއެއްޗެއްގެ ފަހަތު ބަޔަށެވެ. މިސާލަކަށް ޙިމާރުގެ ދުބުރަކީ އެސޮރުގެ ފޫކޮޅެވެ.) މިގޮތުން ނަމާދުގެ ފޫކޮޅަކަށްވާނީ ފަހު އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިއެވެ. މިހެނީ އެއީ ދުޢާކުރުމުގެ މަޤާމަކަށްވާތީއެވެ. ދެން އެކަލޭގެފާނު ވިދާޅުވަނީ ނަމާދުކުރާމީހާ ތިމާގެ ނަމާދުގައި ދުޢާގެ ބަސްތަކުން ﷲ އަށް ކުއްތަންވުމަކީ އެންމެ ގުޅޭ ގޮތެވެ. އެހެނަސް ނަމާދުން ނިމުމަށްފަހު ދެން ﷲ އަށް ކުއްތަންވެ ﷲ އަށް ދެންނެވުމަކީ ގުޅޭކަމެއްނޫނެވެ. ކޮންމެއަކަސް ސުއްނަތް ގޮތަކީ ނަމާދުން ނިމުމަށްފަހު ސުއްނަތުން ސާބިތުވާ ޛިކުރު ކުރުމެވެ. 

އަދިވެސް އިމާމު އިބްނި ތައިމިޔާ ވިދާޅުވެފައި ވެއެވެ. ]فَالدُّعَاءُ الْمَذْكُورُ فِي دُبُرِ الصَّلاَةِ إِمَّا أَنْ يُرَادُ بِهِ آخِرُ جُزْءٍ مِنْهَا لِيُوَافِقَ بَقِيَّةُ اْلأَحَادِيثِ أَوْ يُرَادُ بِهِ مَا يَلِي آخِرُهَا وَيَكُوْنُ ذَلِكَ مَا بَعْدَ التَّشَهُّدِ أَوْ يَكُونَ مُطْلَقاً أَوْ مُجْمَلاً وَبِكُلِّ حَالٍ فَلاَ يَجُوزُ أَنْ يُخَصَّ بِهِ مَا بَعْدَ السَّلاَمِ لِأَنَّ عَامَّةَ اْلأَدْعِيَةَ الْمَأْثُورَةَ كَانَتْ قَبْلَ ذَلِكَ وَلاَ يَجُوزُ أَنْ يَشْرَعَ سُنَّةً بِلَفْظٍ مُجْمَلٍ يُخَالِفُ السَّنَّةَ الْمُتَوَاتِرَةِ بِالْأَلفَاظِ الصَّرِيحَةِ[  މާނައީ: ނަމާދުގެ ފަހުގައި ކިއުމަށް ޙަދީޘުގައި ވާރިދުވެފައިވާ ދުޢާތަކެއް ވެއެވެ. އޭގެ އެއް މުރާދަކީ ނަމާދުގެ އެންމެ ފަހުކޮޅުގައި ކިއުމެވެ. އެއީ އެއާގުޅޭ އެހެން ޙަދީޘުތަކާ އެއްގޮތް ކުރުމުގެ ގޮތުންނެެވެ. ނުވަތަ އަނެއް މުރާދަކީ އެންމެފަހާ ޖެހިގެން ކިއުމެވެ. އޭރުން ދުޢާކުރެވޭނީ އައްތަޙިއްޔާތުގެ ޞަލަވާތަށް ފަހުގައެވެ. ނުވަތަ އަނެއް މުރާދަކީ ޢާއްމުކޮށް ވަކި ޤައިދެއް މަޤާމެއް ކަނޑަނޭޅުމެވެ. މިހުރިހާ ޙާލަތްތަކުގައިވެސް ސަލާމް ދިނުމަށްފަހު ދުޢާ ޚާއްޞަކުރުމެއް ހުއްދަވެގެނެއް ނުވެއެވެ. މިހެނީ ޙަދީޘުގައި އަންނަ ޢާއްމު ދުޢާތަށް އައިސްފައިވަނީ ސަލާމުގެ ކުރިން ކިއުމަށް ކަމަށްވާތީއެވެ. އެހެންކަމުން ކަނޑައެޅިގެން ސާފު ޞަރީޙަ ބަސްތަކަކުން މުތަވާތިރު ގޮތަކަށް ޢަމަލުވަމުން އަންނަ ސުއްނަތަކާ ޚިލާފަށް ޤައިދެއް ކުރެވިފައި ނުވާ ބަސްފުޅުތަކުގެ އެހީގައި އެހެންތަނެއްގައި ޝަރުޢު ކުރުމީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ.

އިމާމު އިބްނި ތައިމިޔާގެ ބަސްފުޅުން ނެރެވޭ ނުކުތާތައް: 

(ހ) ދުޢާގެ މަޤާމަކީ ނަމާދުގައި ސަލާމް ދިނުމުގެ ކުރިއެވެ. އޭގެ ފަހެއް ނޫނެވެ.

(ށ) މުޅި ނަމާދަކީ ދުޢާގެ މަޤާމެވެ.

(ނ) ދުޢާ ކުރުމާމެދު ވާރިދުވެފައިވާ ދުޢާތަކުގައި "ދުބުރު" މިލަފުޒު ބޭނުންވެފައިއޮތް ހުރިހާ ތަނެއްގައިވެސް އެއާ ގުޅޭ ތަނަކީ ސަލާމުގެ ކުރިއެވެ. އެހެނީ އެއްޗެއްގެ ދުބުރަކީ އެއެއްޗެއްގެ އެންމެ ފަހު ބައި ކަމުގައިވާތީއެވެ.

(ރ) ނަމާދުފަހުން ދުޢާ ކުރުން ސުއްނަތެއް ކަމުގައި ބުނުމީ ހުއްދަ ކަމެއް ނޫނެވެ.

(ބ) ނަމާދު ފަހުގައި ދުޢާކުރުމީ މަޝްރޫޢުވެ، ޝަރީޢަތުން ސާބިތުވެގެންވާ ކަމެއް ނޫނެވެ.

(ޅ) ނަމާދުގެ ފަހުން މަޝްރޫޢުވެގެންވަނީ ހަމައެކަނި ޛިކުރު ކުރުމެވެ. ދުޢާކުރުމެއް ނޫނެވެ. 

އިބްނި ތައިމިޔާގެ ބަސްފުޅާ ދީނުގެ އެހާރާއި މިހާރުގެ ޢިލްމުވެރިންގެ ބަސްފުޅާ ފުށުއަރައެވެ.

 

(1) ފަލްސަފާ ބޭނުން ކުރެއްވުން:

އިމާމު އިބްނި ތައިމިޔާއަކީ ބޮޑު ޢިލްމުވެރިިއެއްގެ އިތުރުން ވަރަށް މޮޅު ފަލްސަވާ ވެރިއެކެވެ. ]دُبُرِ الصَّلاَةِ[ - (ނަމާދުގެ ފަސް) ގެ މައްސަލާގައި އެކަލޭގެފާނު މިވަނީ ނަމާދުގެ ފަހުގައި ދުޢާ ނުކުރެވޭނެ ކަމަށް އެކަލޭގެފާނުން އިޚްތިޔާރު ކުރެއްވި ރައުޔު ގަދަ ކުރެއްވުމުގެ ގޮތުން ވަރަށް ގަދައަށް ފަލްސަފާ ބޭނުން ކުރަށްވާފައެވެ.  

(2) އިބްނި ތައިމިޔާގެ ދަރިވަރުންވެސް އެކަލޭގެފާނުންގެ ބަސްފުޅަށް މުޅިން ތާއީދު ނުކުރެއްވުން: 

އެކަލޭގެފާނުންގެ މިފަލްސަފާގެ ނަތީޖާއަކަށް ވެގެންދިޔައީ އެކަލޭގެފާނުންގެ އެންމެ އިސް ދަރިވަރު އިބްނި ޤައްޔިމު ވެސް އެއްކޮޅުން އެކަލޭގެފާނުންގެ ބަސްފުޅަށް އެއްބަސްވެ ވަަޑައިގެންފައި އަނެއްކޮޅުން އިދިކޮޅު ހެއްދެވީއެވެ. އިބްނި ޤައްޔިމު ޒާދުލް މަޢާދުގެ (1/295) ގައި ވިދާޅުވެފައި ވެއެވެ. ]وَدُبُرُ الصَّلَاةِ يَحْتَمِلُ قَبْلَ السَّلَامِ وَبَعْدَهُ وَكَانَ شَيْخُنَا يُرَجِّحُ أَنْ يَكُونَ قَبْلَ السَّلَامِ فَرَاجَعْتُهُ فِيهِ فَقَالَ دُبُرُ كُلِّ شَيْءٍ مِنْهُ[ މާނައީ: ނަމާދުގެ ފަސް މާނަކުރާއިރު އެއީ ސަލާމް ދިނުމުގެ ކުރިކަމުގައި ވެސް އެކަށީގެން ވެއެވެ. އަދި އެއީ ސަލާމް ދިނުމުގެފަސް ކަމުގައިވެސް އެކަށީގެންވެއެވެ. ތިމަންމެންގެ ޝައިޚު (އެބަހީ އިބްނިތައިމިޔާ) ބުރަވެ ވަޑައިގަންނަވަނީ އެއީ ސަލާމުގެ ކުރި ކަމަށެވެ. ތިމަން އެބަސްފުޅު ދިރާސާ ކުރިއިރު އެކަލޭގެފާނު ވިދާޅުވެފައި ވަނީ ކޮންމެ އެއްޗެއްގެ ވެސް ފަހަތަަކީ އެއެއްޗެއްގެ ފަހަތު ބައެވެ. އަނެއްފަހަރަކު އެކަލޭގެފާނު ވިދާޅުވެފައި އޮންނަނީ ]فَمُرَادُهُ قَبْلَ السَّلَامِ وَبَعْدَهُ[ އެވެ. (އެބަސްފުޅުތަކުގެ މުރާދަކީ ސަލާމުގެ ކުރިންނާއި ސަލާމުގެ ފަހުންނެވެ.)  

(3) ނަމާދުގެފަހުން ދުޢާކުރުމާ ބެހޭ ބާބެއް އިބްނި ޤައްޔިމު ގެންނަވާފައިވުން: 

އެހެންކަމުން ނަމާދު ފަހުގައި ދުޢާކުރުމާ ބެހޭ މުސްތަޤިއްލު ބާބެއް އިބްނި ޤައްޔިމު ޒާދުލް މަޢާދުގައި ގެންނަވާފައިވެއެވެ. އޭގައި ވިދާޅުވަނީ ]فَصْلِ: مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ بَعْدَ انْصِرَافِهِ مِنَ الصَّلَاةِ[  (މިއީ ނަމާދުން ނިމިވަޑައިގެން ކީރިތި ރަސޫލާ ވިދާޅުވެއުޅުއްވާ ދުޢާތަކާ ބެހޭ ބާބެވެ.) ދެން އެބާބުގެ ދަށުގައި ކީރިތި ރަސޫލާ ވިދާޅުވި ބައެއް ދުޢާފުޅުތައް ގެންނަވާފައި ވެއެވެ. އޭގެ ތެރޭގެ ]كَانَ يَقُولُ عِنْدَ انْصِرَافِهِ مِنْ صَلَاتِهِ اللَّهُمَّ أَصْلِحْ لِي دِينِي الَّذِي[  (އިތުރު އެކަލޭގެފާނު ނަމާދުން ނިމިވަޑައިގެން މިދުޢާ ވިދާޅުވެތެވެ.) އަދިވެސް ގެންނަވާފައި ވެއެވެ. ]اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَأَعُوذُ بِعَفْوِكَ[ (މިއީވެސް އެކަލޭގެފާނު ނަމާދުން ނިމިވަޑައިިގެން ވިދާޅުވެ އުޅުއްވި ދުޢާއެކެވެ.) އަދިވެސް ގެންނަވާފައި ވެއެވެ. ]عَنْ أَبِي أَيُّوبَ أَنَّهُ قَالَ مَا صَلَّيْتُ وَرَاءَ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا سَمِعْتُهُ حِينَ يَنْصَرِفُ مِنْ صَلَاتِهِ يَقُولُ اللَّهُمَّ اغْفِرْ لِي خَطَايَايَ وَذُنُوبِي كُلَّهَا[ (މާތް ﷲ ރުއްސުންލެއްވި އަބޫ އައްޔޫބުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ނަމާދުން ނިމިވަޑައިގެން މިދުޢާވިދާޅު ނުވާ އެއްމެ ފަރަހަކުވެސް ތިމަންކަލޭގެފާނު އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ނަމާދު ނުކުރަށްވަމެވެ. އެދުޢާއަކީ ]اللَّهُمَّ اغْفِرْ لِي خَطَايَايَ وَذُنُوبِي كُلَّهَا... [ އަދިވެސް އިބްނި ޤައްޔިމު އިމާމު ޙާކިމުގެ އަރިހުން ޞައްޙަ މަގުން ރިވާކުރަށްވާފައި ވެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރެއްވިއެވެ. ]إِذَا صَلَّيْتَ الصُّبْحَ فَقُلْ قَبْلَ أَنْ تَتَكَلَّمَ اللَّهُمَّ أَجِرْنِي مِنَ النَّارِ سَبْعَ مَرَّاتٍ فَإِنَّكَ إِنْ مُتَّ مِنْ يَوْمِكَ كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ وَإِذَا صَلَّيْتَ الْمَغْرِبَ فَقُلْ قَبْلَ أَنْ تَتَكَلَّمَ اللَّهُمَّ أَجِرْنِي مِنَ النَّارِ سَبْعَ مَرَّاتٍ فَإِنَّكَ إِنْ مُتَّ مِنْ لَيْلَتِكَ كَتَبَ اللَّهُ لَكَ جِوَارًا مِنَ النَّارِ[ މާނައީ: ކަލޭ ފަތިސް ނަމާދުން ނިމި އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން ]اللَّهُمَّ أَجِرْنِي مِنَ النَّارِ[ މިފަދައިން ހަތް ފަހަރު ކިޔާށެވެ. އެދުވަހަކު ކަލޭ މަރުގަންނަވަައިފިނަމަ ކަލޭ ނަރަކައިން ސަލާމަތް ވާނެކަމުގެ ޢަހުދުކަށަވަރު ލިއުއްވާފައިވާނެއެވެ. އަދި މަޣުރިބު ނަމާދުން ނިމިގެން އަނގައިން ބުނުމުގެ ކުރިން ]اللَّهُمَّ أَجِرْنِي مِنَ النَّارِ[ މިފަދައިން ހަތް ފަހަރު ކިޔާށެވެ. އެރޭ ކަލޭގެ މަރުގަންނަވަައިފިނަމަ ކަލޭ ނަރަކައިން ސަލާމަތް ވާނެކަމުގެ ޢަހުދުކަށަވަރު ލިއުއްވާފައިވާނެއެވެ. 

(4) އެކަލޭގެފާނުންގެ ރައުޔު އިހުގެ އެންމެހާ ޢިލްމުވެރިންގެ ރައުޔާ ޚިލާފުވުން:

މިގޮތުން އިބްނި ތައިމިޔާ ]دُبُرِ الصَّلاَةِ [ (ނަމާދުގެ ފަސް) މިބަހުގެ މުރާދަކީ ސަލާމް ދިނުގެ ކުރިން ކަމުގައި ވިދާޅުވި ބަސްފުޅަކީ އެންމެހައި މުޙައްދިޘުންނާއި ހަތަރު މަޛްހަބުގެ ފިޤުހުވެރިންނާއި ޚާއްޞަކޮށް ޙަންބަލީ މަޛްހަބުގެ ފިޤުހުވެރިންނާއި ސަލަފުއްޞާލިޙުންގެ އެންމެހައި ޢިލްމުވެރިންނާއި ޚިލާފަށް އެކަލޭގެފާނަށް ވިދާޅުވެވުނު ބަސްފުޅެކެވެ. (ހ) ޙަންބަލީ މަޛްހަބުގެ އެންމެ ބޮޑު ފޮތްކަމުގައިވާ އަލްމުޣްނީގައި އިމާމު އިބްނި ޤުދާމާ ވިދާޅުވެފައި ވެއެވެ. ]فَصْلٌ ذِكْرُ اللَّهِ تَعَالَى وَالدُّعَاءُ عَقِيبَ صَلَاتِهِ --- وَيُسْتَحَبُّ ذِكْرُ اللَّهِ تَعَالَى وَالدُّعَاءُ عَقِيبَ صَلَاتِهِ وَيُسْتَحَبُّ مِنْ ذَلِكَ مَا وَرَدَ بِهِ الْأَثَرُ مِثْلُ مَا رَوَى الْمُغِيرَةُ  قَالَ كَانَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ وَلَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  مُتَّفَقٌ عَلَيْهِ[ މާނައީ: މިއީ ނަމާދުގެ ފަހުން މަތިވެރި މާތް ﷲ އަށް ޛިކުރު ކުރުމާއި ދުޢާ ކުރުމުގެ ބާބެވެ. ނަމާދުގެ ފަހުން ﷲ އަށް ޛިކުރު ކުރުމާއި ދުޢާ ކުރުމަކީ މުސްތަޙައްބު ވެގެންވާ ސުއްނަތެކެވެ. މިގޮތުން ޙަދީޘުތަކުން ވާރިދުވެފައިވާ ދުޢާތައް ބޭނުންކުރުން ސުއްނަތް ވެެގެންވެއެވެ. މިސާލަކަށް އިމާމު ބުޚާރީއާއި މުސްލިމާ ދެބޭކަލުން މާތް ﷲ ރުއްސުންލެއްވި މުޣީރާގެ ކިބައިިން ރިވާކުފަށްވާފައިވާ މިޙަދީޘެވެ. رَسُولُ اللَّهِ h ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ]اللَّهُمَّ لَا مَانِعَ لِمَا أَعْطَيْتَ ... [ މިދުޢާ ވިދާޅުވެ އުޅުއްވަތެވެ.

- ނުުނިމޭ -

އާރޓިކަލް ރޭޓްކުރައްވާ


27%
ވ.ރަނގަޅު
9%
ރަނގަޅު
27%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް