އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފި!

ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފައިވާކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިކަން ހާމަކުރެއްވީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިކަމާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ގައުމުތަކަށް ދިމާވި އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ގުޅިގެން 77 ގައުމެއްގެ ލޯންތައް ދެއްކުމުގެ މުއްދަތު  ޗައިނާއިން ވަނީ ފަސްކޮށްދީފައެވެ. 

 

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު