އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުންގެ ދުޝްމިނުންނާ އެކުވެރިވެ ސިއްރުތައް ޙިއްޞާ ނުކުރުމަށް ﷲ ވަނީ އަންގަވާފަ!: ޝައިޚް ޢަލީ ޒާހިރު

މުސްލިމުންގެ ދުޝްމިނުންނާ އެކުވެރިވެ ސިއްރުތައް ޙިއްޞާ ނުކުރުމަށް ﷲ ވަނީ އަންގަވާފަ!: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މުސްލިމުންގެ ދުޝްމިނުންނާ އެކުވެރިވެ ސިއްރުތައް ޙީއްޞާ ނުކުރުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. އެމީހުންނަކީ މުސްލިމުންނަށް ހެޔޮއެދޭނެ ބައެއް ނޫނެވެ. އަދި މުސްލިމުން ކެތްތެރިވެ ތަޤްވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން މުސްލިމުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަންވެސް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިއަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިއަބައިމީހުންގެ ކަންތައް ފަސާދަ ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިއަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށްޓަކައި، އާޔަތްތައް ބަޔާންކޮށް ދެއްވީމެވެ. ތިއަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ." (އާލްޢިމްރާން: 118)

"ތިއަބައިމީހުންނަށް ހެޔޮގޮތެއް ދިމާވެއްޖެނަމަ، އެކަން އެއުރެންނަށް ހިތާމައަކަށްވެއެވެ. އަދި، ތިއަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިއަބައިމީހުން ކެތްކޮށް ތަޤްވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިއަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 120) 

- ޝައިޚްޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް