އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކުރުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ނައިބު ރައީސް މަޝްވަރާކުރައްވައިފި

މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކުރުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ނައިބު ރައީސް މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، މާލޭގެ މަގުމަތީގައި ތޮއްޖެހުން ކުޑަކޮށް އެއްގަމު އުޅަނދު ޕާކް ކުރުމުގައި ދިނާވާ މައްސަލަތަކަށް ޙައްލު ހޯދުމާބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިލިބިގެންދާއިރު އަލުން މަގުތައް ތޮއްޖެހި ކާރޫބާރު ބޮޑުވުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންނާއި މަގުތައް ބޭނުންކުރާ ފަރާތްތަކާއި ދުއްވާ އުޅަނދުފަހަރުގެ ރައްކާތެރިކަމަށް، ކުރަމުންއައި މަސައްކަތްތައް މާލެ ސަރަޙައްދުގެ ލޮކްޑައުންއަށް ލުއި ދިނުމަށްފަހު އަލުން އެގޮތުގައި ކުރިޔަށްގެންދިއުމާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ފުލުހުންގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މާލޭގެ ޓްރެފިކްގެ މައްސަލަތަކަށް ލުޔެއް ހޯދުމުގެ ގޮތުން މާލެ ސަރަޙައްދުގެ ލޮކްޑައުންގެ ކުރިން ކުރަމުންގެންދިޔަ މަސައްކަތްތައް އަލުން ކުރިޔަށް ގެންދިޔުމަށާއި، މާލޭގެ މަގުތަކަކީ ތޮއްޖެހުން ކުޑަ ހިތްފަސޭހަ ތަނަކަށް ހެދުމަށް މިހާރުން މިހާރަށްވެސް ކުރެވެން ހުރި ކަންކަން ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ވީހާވެސް އަވަހަށް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެގޮތުން ވެހިކަލް ޕާކިންގެ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ ކަންކަމާއި ޓްރެފިކްގެ ކަންކަން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހަރުދަނާކުރުމާއި ގުޅޭގޮތުންނާއި، ކުރިޔަށް އޮތްތަނުގައި ޓްރެފިކްގެ ކަންކަމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ކަމާބެހޭ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު