އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭބޮރ ވޮނާ، ހަންގަރީގެ އިސް ސިޔާސީ ލީޑަރު އިސްލާމް ދީނަށް ތަޢްރީފް އޮއްސަވާލައްވައިފި!

ގޭބޮރ ވޮނާ، ހަންގަރީގެ އިސް ސިޔާސީ ލީޑަރު އިސްލާމް ދީނަށް ތަޢްރީފް އޮއްސަވާލައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

މުޅި އިންސާނިއްޔަތު ސަލާމަތްކުރުމުގެ އެންމެ ފަހު އުންމީދުވެސް އޮތީ އިސްލާމް ދީނުގައި ކަމަށް ހަންގަރީގެ ފާ ރައިޓް ޕާޓީ "ޖޮއްބިކް" އިސްލީޑަރު ގޭބަރރ ވޮނާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ދާދިފަހުން ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. 

"އަހަރެން ރަސޫލް (ޞޢވ) އާ އިތުރުއެކަލޭގެފާނުގެ ޞަޙާބީންގެ ކަންކަން ފުރިހަމައަށް ބަލައިގަންނަން! އިޙްތިރާމްވެސް ކުރަން. އެބޭކަލުންގެ މަސައްކަތުގަ ވަނީ އިންސާނިއްޔަތު ސަލާމަތްކުރެވޭނެ ގޮތްތައް! އިސްލާމް ދީނުގައި ވަނީ ޞުލްޙަ އާ އަމާންކަން! ފެންނަން ހުރީ އެހެން މީހުންނަށް އިޙްތިރާމްކުރުން! އިސްލާމް ދީނާ ޓެރަރިޒަމަކާ ނުގުޅުވޭނެ! ތުރުކީއަށް ލިބެމުން އަންން ކުރިއެރުން ޔޫރަޕަށް ޙަޖަމެއް ނުކުރެވޭނެ!" 

ތުރުކީގައި އޭނާ ވިދާޅުވީ ތުރުކީއަށް ވަޑައިގަތީ އެއްވެސް ސިޔާސީ/ޑިޕޮލޮމެޓިކް ބޭނުންފުޅެއްގައި ނޫން ކަމަށާއި ތުރުކީގައި ތިބި އަޚުންނާއި އުޚުތުންނާއި ބައްދަލުކޮށްލައްވަން ކަމަށެވެ. 

"އަހަރެމެންގެ ޕާޓީއަކާ އިސްލާމް ދީނަށް ފުރއްސާރަކޮށް ޖެއްސުން ކުރުމަކާ އެއވެސް ގުޅުމެއް ނޯންނާނެ! ތުރުކީގެ ތާރީޚަށާ ޘަޤާފަތަށް އަހަރެން ވަރަށް ބޮޑަށް ތަޢްރީފްކުރަން! އަހަރެން އިސްލާމީ އުޞޫލުތަކަށް އިޙްތިރާމްކުރަން. އަހަރެންގެ ސިޔާސީ ހަޔާތަށް މުސްލިމުންގެ ނުފޫޒު ފޯރި. އެކަމުގެ ސަބަބުން އެކި ގޮތްގޮތުން ލިބުނު ކުރިއެރުން ފާހަގަކުރަން."  

އިންތިޚާބުގައި އޭނާގެ ޕާޓީއަށް ޕާލަމެންޓުގެ 40 އިންސައްތަ ގޮޑި ލިބުނެވެ. އޭނާ ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމް ދީން އުނގަންނައިދީ ފަތުރަން މަސައްކަތްކުރާ ގިން މުއައްސަސާތަކަށް ޒިޔާރަތްކުރެއްވިއެވެ. 

(އިސްލާމް ދީނުގެ ޙަޤީޤަތަކީ މިއީއެވެ. މުސްލިމެއް ނޫން ނަމަވެސް ބުއްދި ސަލާމަތުން ހުރި، ތަންދޮރު އޮޅުންފިލާ މީހަކު ނަމަ ބުނަން ޖެހޭނީ މިފަދަ ބަސްތަކެވެ.) 

ގޭބޮރ ވޮނާ އަކީ ކާކު؟

https://en.wikipedia.org/wiki/G%C3%A1bor_Vona

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް