އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫނަށްފަހު ދެއަތުގަ ފެންލާނަވާނީ ދެއަތްތިލައިގެ އިނގިލިތަކާއިއެކު!: ޑރ. އިޔާޟް

މޫނަށްފަހު ދެއަތުގަ ފެންލާނަވާނީ ދެއަތްތިލައިގެ އިނގިލިތަކާއިއެކު!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

މިއީ ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވުޟޫކުރަން ފަށަމުން ދެއަތްތިލަ ދޮންނައިރު އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން އަތްތިލަ ދޮވެ ނިމުނީ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި އެކަނި ކަމަށެވެ. 

ނަމަވެސް އެއީ ރަނގަޅު ގޮތް ނޫނެވެ!  ވުޟޫ ކުރުމަށް މޫނުގައި ފެންލުމަށްފަހު ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ. 

ވުޟޫ ކުރުމުގައި ވާޖިބު ފެށެނީ މޫނުގައި ފެންލުމުންނެވެ. އެއިގެ ކުރިން ދެއަތްތިލަ ދޮވުމާއި އަނގައާއި ނޭފަތަށް ފެންލުމަކީ ސުންނަތެވެ. ވީމާ ވުޟޫ ކުރުމަށް ދެ އުޅަބޮށިކައްޓާއިއެކު ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް