އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ޒަކާތުފަންޑުން އެޑްވާންސް ޕޭމަންޓް ދެއްކުމަކީ ކުރެވިދާނެ ކަމެއް!: ޑރ. ޝަހީމް

ފަޤީރުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ޒަކާތުފަންޑުން އެޑްވާންސް ޕޭމަންޓް ދެއްކުމަކީ ކުރެވިދާނެ ކަމެއް!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ފަޤީރުންނަކީ ކޮންބައެއްކަން ކަނޑައެލުމުގައި މަޛްހަބުތަކުގައި ޚިލާފް އެބަހުއްޓެވެ. އަދި ފަޤީރުންނަކީ ކޮބައިކަން ދެނެގަނެ ގިންތިކުރުމުގައި ގެންގުޅޭ ވިސްނުންވެސް ތަފާތެވެ. އެހެންކަމުން މިއީ މިއަދު ވަރަށް ފުންކޮށް ވިސްނައި ގޮތް ނިންމަން ޖެހިފައިވާ ކަމެކެވެ. 

އަޅުގަނޑުގެ ނަޒަރުގައި ބޯހިޔާވަހިކަމެއް ނެތް، ބޯހިޔާވަހިކަން ހޯދެން ނެތް މީހުންނަކީވެސް ފަޤީރުންނެވެ. ހައުސިންގ ސްކީމްތަކުން ގެދެރޮ ހޯދުމަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް ދެއްކޭނެ ތަނަވަސްކަން އެމީހެއްގެ އަތުގައި ނެތުމަކީ އެމީހަކީ ފަޤީރެއް ކަމަށް ކަނޑައެޅިދާނެ ޝަރުޠެކެވެ. އަދި އެފަދަ މީހުންނަށް އެޑްވާންސް ޕޭމަންޓް ދައްކައިދިނުމަކީ ޒަކާތު ފަންޑުން ކުރުން ޖާއިޒް ކަމެކެވެ. (ކުރެވިދާނެ ކަމެކެވެ.)[

ފަޤީރުންގެ ޙާޖަތްތައް މިއަދު ތަފާތެވެ. ވީމާ މިއަދުގެ ޙާޖަތްތަކަށް ބަލައިގެން ފަޤީރުން ކަނޑައެޅުމަކީ ކުރަން ޖެހިފައިވާ ކަމެކެވެ.  

މުދަލު ޒަކާތަކީ ﷲ ތަޢާލާގެ ޙައްޤެކެވެ. ޒަކާތް ބަހަންވީ ބައިތައް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އެއާޔަތުގައި ހުއްދަކުރައްވަވާފައިވާ ބައިތައް ނޫން އިތުރު ބައަކަށް ޒަކާތުގެ ފައިސާއެއް ނުބެހޭނެއެވެ! ބެހުން ހުއްދައެއް ނުވާނެއެވެ. 

އހެންކަމުން މިއީ ޢިލްމްވެރިންގެ މެދުގައި މަޝްވަރާކުރަން ޖެހިފައިވާ ކަންކަމެވެ. މިސާލަކަށް އަޅުން މިނިވަންކުރަން ޚަރަދުކުރެވިދާނެކަމަށް އާޔަތުގައި އެބްއޮތެވެ. ނަމަވެސް މިޒަމާނަކު އަޅުންނެއް ނެތެވެ. ހަމައެއާއިއެކު މަސްތުވާތަކެތީގެ އަޅުންނަށްވެފައި ތިބި މީހުންނާއި ފާހިޝް ޢަމަލުތައް ކުރުމުގެ ޝިކާރައަކަށްވެފައިވާ އެކަންކަމުގެ އަޅުން އެބް ތިއްބެވެ؟ ވީމާ ސުވާލަކީ އެ މުންކަރާތްތަކުގެ އަޅުންނަށްވެފައި ތިބި މީހުން އެކަމުން ސަލާމަތްކުރަން ޒަކާތު ފަންޑުން ޚަރަދުކުރެވިދާނެތޯއެވެ؟ 

ދަރަނިވެރިން ދަރަނިން ސަލާމަތްކުރަން ބައެއް އެބައޮތެވެ! ސުވާލަކީ ދިވެހި ދައުލަތުން ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނި އަދާކުރަން، ޒަކާތު ފަންޑުގައި ތަނަވަސްކަން ހުރިނަމަ ޚަރަދުކުރެވިދާނެތޯއެވެ؟ މިހިރީ މިއަދު ކުރަންޖެހިފައިވާ ބަހުސްތަކެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ގުޅުންހުރި ވީޑިއޯ: 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް