އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީސްތަކުންނަށް ގައިދުރުކޮށް ތިބެން ކޮރޯނާ އެންގީ ކީއްވެ؟

މީސްތަކުންނަށް ގައިދުރުކޮށް ތިބެން ކޮރޯނާ އެންގީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ދުނިޔެއަށް އައިސްގެން މިއުޅޭ ކޮރޯނާ ވައިރަސް، މީސްތަކުންނަށް ކުރަން އަންގާ އެންގުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަމަކީ ގައި ދުރުކޮށް ތިބެން އަންގާ އެންގުމެވެ. ހިފައި އޮޅުލާ ފެންނަހައި މީހަކަށް ބޮސްދީ ނުހަދަން އަންގާ އެންގުމެވެ. 

މިކަންކަމަކީ ރީތި ޘަޤާފަތަކަށް ހަދައިގެން ކިތަންމެ ގިނަ ބައަކު ކުރަމުން ގެންދިއަ ނަމަވެސް އިސްލާމް ދީނުގައި ހުއްދަ ކަންކަމެއް ނޫނެވެ! ހީލޭ އަންހެނުންނާއި ފިރިހެނުން ނަމަވެސް އަދި އެއް ޖިންސުގެ 2 މީހުން ނަމަވެސް ބައްދަލުވާ ހިނދު ތިބެންޖެހޭނީ ދުރުދުރުގައެވެ. ބައްޔެއްގެ ބިރުވެރިކަން ނެތް ޙާލަތުގައި ސަލާމްކުރި ނަމަވެސް ސަލާމް ކުރުމަށްފަހު ތިބެން ޖެހޭނީ ދުރުދުރުގައެވެ. ޢަމްދުން ހިލޭ އަންހެނުންނާއި ފިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމެއް ނުވެސް ނެތްމެއެވެ!

މީހުން މަޖިލީހަކަށް، ފިހާރައަކަށް ޖަމާވި ނަމަވެސް އަނެކާގެ ގައިގައި ޖެހިގަތުމެއް ނެތެވެ. އޮތީ ރިވެތި ގޮތުގައި ބުނެ ޖާގަ ހޯދައިގެން ކުރިއަށް ދިއުމެވެ. ހިތާމައަކީ މިފަދަ ރިވެތި އާދަތައް ދޫކޮށްލެވެމުންދާކަމެވެ! އިންސާނުންގެ އަޚްލާޤް އެންމެ ދަށުދަރަޖއަށް ވައްޓައިލެވޭ ކަމެވެ! 

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ދުނިޔެއިން ކޮރޯނާ ވައިރަސްގެ ބިރުވެރިކަންވެސް ނެތިގެންދާނެއެވެ! ޢަޒުމް ކަނޑައަޅަންވީ ދިރިއުޅުމަށް ގެނެވިފައިވާ މިފަދަ ނޭދެވޭ ބަދަލުތައް އިބްލާޙްކުރުމަށެވެ! ހުއްދަ ނޫން ގޮތުގައި ގައިގޯޅި ނުވުމަށެވެ! ސާފުތާހިރުކަން ދެމެހެއްޓުމަށެވެ! ސާފުތާހިރު ކަމަކީ އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސް އެވެ! މަސައްކަތްކުރަންވީ އެ އަސާސް ދެމެހެއްޓުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް